އައްޑޫ ކައިރިއަށް ހަތަރު ބިންހެލުމެއް އަތުވެއްޖެ

Follow @loamaaOnline
None

------


ރާއްޖެ ކައިރިއަށް ހަތަރު ބިންހެލުން އަތުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރު ބުނީ، ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް ހަތަރު ބިންހެލުން އައިސްފައިވާ ކަމަށެވެ. އަދި އެންމެ ބާރުގަދައީ ރެކްޓަރު މިންގަނޑުން  5.5  އަދި ބިންހެލުން ކަމަށެވެ.

"މި ބިންހެލުންތައް އައީ އައްޑޫ ސިޓީއާ 900 އެއްހާ ކިލޯމިޓަރު ދުރުން. އައްޑޫ ސީޓީއަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރޭ" މެޓުން ބުންޏެވެ. 

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުން ދެ ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ ހިތަދޫއާއި 925 ކިލޯމިޓަރު ކައިރިއަށެވެ. އަދި 926 ކިލޯމީޓަރު ކައިރިއަށް އަނެއް ބިންހެލުން އައިސްފައިވާއިރު، އަނެއް ބިންހެލުން އައިސްފައިވަނީ 921 ކިލޯމީޓަރު ކައިރިއަށެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މި ބިންހެލުންތައް އައިސްފައިވަނީ ރެކްޓަރު މިންގަނޑުން 4.8، 5.0، 5.2 އަދި 5.8 ބާރުމިނުގައެވެ. މީގެ ތެރެއިން 5.0 އާއި 5.2 ގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި 5.8 ގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 7.7 ކިލޯމީޓަރު އަޑިންކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިކަން މެޓުން އަދި ޔަގީންކޮށް ނުދެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok