މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކަށް އީއެސްޖީން ބޮޑެތި އަނިޔާތަކެއް ދީފި، އެކެއްގެ ބޯވެސް ފަޅާލި!

Follow @loamaaOnline
--

---


މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކަށް ކަރެކްޝަންސް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގުރޫޕް (އީއެސްޖީ) އިން ހާލަތާ ނުގުޅޭ ބާރުގެ ބޭނުންކޮށްފިއެވެ.

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި އީއެސްޖީ ފޯސް އިން މިއަދު ހެނދުނު ބާރުގެ ބޭނުންކޮށްފައިވަނީ މާފުށީ ޖަލުގެ ޔުނިޓު ހަތަރެއްގެ ގޮޅިއެއްގައި ތިބި ބަޔަކަށެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބަޔެކެވެ. އެ ގޮޅީގައި ޖުމްލަ ފަސް  މީހުން ތިބެއެވެ.

އެނގިފައިވާ ގޮތުގައި އީއެސްޖީގެ ފޯސްއެއް ވަނީ އެ ގޮޅީގެ ތެރެޔަށް ވަދެ މުގުރުންނާއި ބިނޑިން އެ ގޮޅީގައި ތިބި މީހުންނަށް އަނިޔާކޮށްފައެވެ. އަދި މުޅި ގޮޅީގެ ތެރެޔަށް ޕެޕަ ސްޕްރޭވެސް ޖެހިކަން އެނގިފައިވެއެވެ.

އީއެސްޖީ ފޯސްއިން އެ ގޮޅީގައި ތިބި މީހުންނަށް  ކޮށްފައިވާ އަނިޔާތަކުގެ ފޮޓޯތައް ލިބިފައިވާއިރު، އޭގެން ފެންނަ ގޮތުގައި ބައެއް މީހުންގެ ބޯވެސް ވަނީ ފަޅާލާފައެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ހުރީ ރަތްވެފައިވެފައެވެ.

މި ކަމާ ގުޅިގެން ކަރެކްޝަންސް އިން އަދި ވަކި އެއްޗެއް ނުބުނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok