އަލަށް ވާދަކޮށް، ހިރިލަންދޫގެ ގިނަ ކުޅުންތެރިން ހިމެނޭ ސިޓީ ސްޕޯޓްސް ކްލަބުން އެެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

Follow @loamaaOnline
--

---


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބުން ހޯދީ، ފައިނަލުގައި ކްލަބް ވެމްކޯ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެގޮތުން ސިޓީ ސްޕޯޓްސް ކްލަބުން ފައިނަލުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 26-28 އިންނެވެ. ދެވަނަ ސެޓު 17-25 އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު ސިޓީން ކާމިޔާބުކުރީ 22-25 އިންނެވެ.

ސިޓީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީީ، ސެމީގައި އާބަންކޯ 3-1 ސެޓުން ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ސިޓީން ގެންދިޔައީ 30-28 ޕޮއިންޓުންނެވެ. ދެވަނަ ސެޓުގައި 25-22 އިން އާބަންކޯ ކުރި ހޯދި ނަމަވެސް ސިޓީން ވަނީ ދެން ކުޅުނު ދެ ސެޓުގައި 25-15، 25-20 އިން ކުރި ހޯދައިފައެވެ.

ސިޓީ ސްޕޯޓްސް ކްލަބު އެސޯސިއޭޝަން ކަޕްގެ ތަށި ހޯދިއިރު، އެ ކަލަބަކީ، މުބާރާތުގައި އަލަށް ވާދަކުރި ކްލަބެކެވެ. އެ ކްލަބުގެ މެޖޯރިޓީއަކީ ތ. ހިރިލަންދޫ ކުޅުންތެރިންނެވެ. އެގޮތުން އެ ރަށުގެ ފަސް ކުޅުންތެރިން އެ ޓީމުގައި ހިމެނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok