ހުޅުމާލެއިންވެސް ފައިލޭރިއާ ޖެހިފައިހުރި މީހަކު ފެނިއްޖެ

Follow @loamaaOnline
--

--


ހުޅުމާލެ އިން ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

ހުޅުމާލެއިން މި ބަލި ޖެހިފައިވަނީ ބިދޭސީއަކަށެވެ. 

ފައިލޭރިއާ އެންމެ ފުރަތަމަ ފެނުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މި މަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކުރުމުގެ ތެރޭގައެވެ. އެފަހަރު 17 ބިދޭސީއަކި ފައިލޭރިއާއަށް ޕޮޒިޓިވްވިއެވެ. 

އެއާއެކު، އެ ބިދޭސީންނާ ކޮންޓެކްޓުވި މީހުންގެ ޓެސްޓު ހެދި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ފަހުން ޕޮޒިޓިވްވެފައެވެ.

އޭގެ ފަހުން ކުޅުދުއްފުށި ސިޓީން ޖުމްލަ 25 ބިދޭސީނަށް ފައިލޭރިއާ ޖެހިފައިވެއެވެ. 

ކުޅުދުއްފުށިން އެ ބައްޔަށް ޕޮޒިޓިވްވީ އިންޑިއާ ބައެކެވެ. އެ އެންމެންނަކީ ވެސް ކޮންސްޓްރަކްޝަން މަސައްކަތަކަށް އެ ރަށަކަށް މި ފަހުން ދިޔަ، ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ. 

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިއްޖެކަން ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކޮށް އެކަމުގެ ލިޔުން ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.

މީގެ ކުރިން އެންމެ ފަހުން ފައިލޭރިއާގެ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2014 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok