މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމުން މައުމޫންގެ ރައްދެއް: "ވަރަށް މާފު، އެއީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ނޫން"

Follow @loamaaOnline
---

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް--- ފޮޓޯ: މިހާރު


މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

އެކްސްގައި މައުމޫން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން" ކަމަށެވެ.

އެއާ ވިދިގެން ރައީސް މައުމޫން ވަނީ "ވަރަށް މާފު" މިހެންވެސް ލިޔުއްވާފައެވެ. 

މައުމޫން މިރޭ އެކްސްގައި ހިއްސާކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމަށާއި އެ މައްސަލައާ ބެހޭ ލިޔުމެއް މާދަމާ ޝާއިއުކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ ހަތަރު މީހަކު މިހާރު އެބަތިއްބެވެ. 

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok