ދެ ދުވަހެއްގެ ތެރޭ ގޯތި ކަނޑަން ފަށަނީ، ފުރަތަމަ ހުޅުމާލެއާއި ގުޅީފަޅުން

Follow @loamaaOnline
hulhumale' phase 2

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ބިން ސާފުކުރަނީ--- ފޮޓޯ:


މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ސްކީމުގެ ދަށުން ގޯތި ލިބޭ އެންމެންގެ މެދުގައި ގުރުނަގައި ނިމިފައިވަނީ އިއްޔެ އެވެ.

މިނިސްޓްރީން ފުރަތަމަ ބުނެފައިވަނީ، ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ގޯތި ކެނޑުމުގެ މަސައްކަތް، ގުރު ނަގަން ފެށި ދުވަހުގެ ހަވީރު ފަށާނެ ކަމަށެވެ. ނަމަވެސް އެންމެންގެ ގުރު ނަގައި ނިމުމުން ގޯތި ކަނޑާ ގޮތަށް ފަހުން ވަނީ ހަމަޖައްސާފައެވެ. 

ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ގޯތި ކެނޑުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނައިރު ފުރަތަމަ ގޯތި ކަނޑަން ފަށާނީ ހުޅުމާލެއާއި ގުޅީފަޅުން ކަމަށެވެ. އެގޮތުން ދެ ދުވަހެއްގެ ތެރޭގައި ގޯތި ކަނޑަން ފެށޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހުން ހިމެނެ އެވެ. އެ ހުރިހާ އެންމެނަށް ސަރުކާރުން ވަނީ ގޯތި ކަށަވަރު ކޮށްދީފަ އެވެ. 

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތި ކަނޑައި ދާއިމީ ރަޖިސްޓަރީ ދޭނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok