ލަވް އެޑިކްޝަން!

Follow @loamaaOnline
Couple photo

ޕޮޓޯ--- އަންސްޕްލޭޝް


ލޯބީގެ އެޑިކްޝަނަކީ ލޯބީގެ ޝައުގުވެރިކަމުގެ ސަބަބުން ސިއްހަތަށް ނުރަނގަޅުވާވަރަށް އެކަމާވިސްނި ހިތުގައި އެކަމާ ގުޅިގެން އޮބްސެސިވް ފިކްސޭޝަނެއް އުފެދިގެންދާ ހާލަތަކަށް މީހާދިޔުމެވެ. ވަކި ކަމެއް ހާލަތެއް ދާންޖެހޭނީ ތިމާ ބޭނުންވާގޮތަށްކަމަށް ވިސްނި، ދެންހުންނަ މީހާގެ އެކްޝަންތަކުގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމަށް ބުރޫ އަރާވަރު ވުމެވެ. 


ލޯބިން އުޅުމަކީ ކޮންމެ މީހަކަށްވެސް ތަޖުރިބާ ކުރަން ހައްގު ރީތި ޖަޒުބާތެކެވެ. ލޯބިވާނެ އަދި ލޯބިވާ މީހަކު ހުރުމަކީ ގާތްގަނޑަކަށް އެންމެންވެސް އެދޭނެ ކަމެކެވެ. ނަމަވެސް އެ ލޯތްބަކީ ހެލްތީ ލޯތްބަކަށް ނުވެއްޖެނަމަ އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ގެއްލުންވާތަން އާދެއެވެ. އަދި ބައެއް މީހުން އަމިއްލަ ނަފްސަށާއި އެމީހުން ލޯބިވާ މީހުންނަށް ގެއްލުންވާ ގޮތަށް އާދަޔާ ހިލާފު ވަރަކަށް އޮބްސެސްވެއެވެ.


ލޯތްބަށް އެޑިކްޓްވެފައިވާ މީހަކަށް ދުޅަހެޔޮ ގުޅުންތަކެއް އުފައްދައި ދެމެހެއްޓުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ލޯބީގެ ގުޅުންތަކުގެ (ރޮމޭންޓިކް ރިލޭޝަންޝިޕް) ތެރޭގައި މިއީ ގިނައިން ދިމާވާ ކަމެއް ނަމަވެސް، ލޯބީގެ އެޑިކްޝަން އެހެން ގޮތްގޮތަށް ގުޅުންތަކުގައި ވެސް ދިމާވެދާނެ އެވެ. މިސާލަކަށް ދަރިން، މައިންބަފައިން އަދި ރަށްޓެހިންގެ ގުޅުންތަކެވެ. އަދި މިކަމުގައި އެމީހަކުގެ އެޓޭޗްމެންޓް ސްޓައިލް ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ.


ލޯބީގެ އެޑިކްޝަން ގިނަ ފަހަރަށް ފާޅުވަނީ އަންނަނިވި ގޮތްތަކަށެވެ.

•    ބައިވެރިޔާއަށް މާބޮޑަށް ބަރޯސާވެފައިވާ ކަމުގެ އިހުސާސް ކުރެވުން. އަދި ވަކިވެއްޖެނަމަ ވާނެ ގޮތަކާމެދު އަބަދު ވިސްނުން.
•    ދިރިއުޅުމުގެ އެހެން ހުރިހާ ޒާތީ ގުޅުމަކަށްވުރެ ބައިވެރިޔާއާ އޮންނަ ގުޅުމަށް އިސްކަންދީ، ބައެއް ފަހަރު އާއިލާއާއި ރައްޓެހިންނާ އެކު އޮންނަ އެހެން ޒާތީ ގުޅުންތަކަށް މުޅިން އިހުމާލުވާ ހިސާބަށްދެވުން.
•    ރޮމޭންޓިކް ޕާޓްނަރެއް ނެތް ނުވަތަ ގުޅުމެއްގައި ނުވާ ކޮންމެ ފަހަރަކު މާޔޫސްކަން އިހުސާސް ކުރެވުން
•    ސިއްހަތަށް ނުރަނގަޅު ނުވަތަ (ޓޮކްސިކް) ގުޅުންތައް ދޫކޮށްލަން އުނދަގޫވުން.
•    ބައިވެރިޔާއާ މެދު ނުވަތަ ލޯބީގެ ޝައުގުވެރިކަމާ މެދު އުފެދޭ ޖަޒުބާތުތަކުގެ ސަބަބުން ދަށް ނިންމުންތައް ނިންމުން (އެބަހީ، ވަޒީފާ ދޫކޮށްލުން ނުވަތަ އާއިލާއާ ގުޅުން ކަނޑާލުން)
•    ބައިވެރިޔާ ނުވަތަ ލޯބީގެ ޝައުގުވެރިކަމާ މެދު އޮބްސެސިވްކޮށް ވިސްނި ދިރިއުޅުމަށް ބުރޫއަރާއެރުން
•    މިކަމުގެ ސަބަބުން އަބަދުވެސް ސްޓްރެސްވުން
•    ބަރޯސާ (ޑިޕެންޑް) ވާނެ މީހަކު ނެތް ހުރިހާ ވަގުތެއްގައި ސެލްފް ކޮންފިޑެންސް ދައްވެ އަމިއްލަ ނަފްސަކީ އެއްވެސް މީހެއްނޫން ކަމުގައި ދެކެވުން


ލަވް އެޑިކްޝަންއަކީ ޑައިގްނޯސް ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ އަލާމަތްތައް އެކި އަކި ނަފްސާނީ ބަލިތައް ހުންނަ މީހުންގެ ފަރާތުން ފެނެއެވެ. މިސާލަކަށް މޫޑް ޑިސްއޯރޑާރ ހުންނަ މީހުންގެ ފަރާތުން، އެކިއެކި ސްލޫކީ އެޑިކްޝަން (ބިހޭވައަރަލް އެޑިކްޝަންއަށް) ހުޝަހެޅިފައިވާ އަދި ކުޑައިރު އެބިއުސް ނުވަތަ އަޅާލުން ކުޑަވުމުގެ ސަބަބުން ޗައިލްޑްހޫޑް ޓްރޯމާއަށް ހުޝަހެޅިފައިވާ ކުދިން ބޮޑުވުމުން މިފަދަ އަލާމާތްތައްފެނެއެވެ.

ލަވް އެޑިކްޝަންއަށް ހުޝަހެޅޭ އެންމެ ބޮޑު އެއްސަބަބަކީ މިކަމާއި ގުޅިގެން ސިކުނޑީގައި އުފެދޭ ކެމިކަލްތަކެވެ. ޑޮޕަމައިން ނަމަކަށް ކިޔާ މި ކެމިކަލްއަކީ "ފީލް ގޫޑް" ނޫނީ، އުފާވެރިކަން އިހުސާސްކޮށްދޭ ކެމިކަލްއެވެ. މިއީ ޑްރަގް، ޕޯރން އަދި މިފަދަ އެޑިކްޓްވާ ހުރިހާ އާދައަކުންވެސް ރިލީޒްކުރާ ކެމިކަލްއެވެ.


މިފަދަ ކަމެއް އަމިއްލަ ނަފްސުގައި ހުރިނަމަ އަމިއްލަ ނަފްސަށް އެހީވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި ތަރުތީބުކޮށްލަމެވެ.
1.    ކަސްރަތުކުރުން
2.    ހިތްހަމަޖެހޭ ފޮތެއް ކިޔާލުން
3.    ރަށްޓެހިންނާއެކު ވަގުތު ހޭދަކޮށްލުން
4.    އިހުސާސް ކުރެވޭ ގޮތް ލިޔެލުން
5.    އަތިރިމަތީގައި ނުވަތަ ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކޮށްލުން
6.    ތެރަޕީއަށް ދިޔުން


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok