ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއަށް ފުށިދިއްގަރުފަޅު މިއަދު ހިއްކަން ފަށަނީ

Follow @loamaaOnline
None

--


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.

މިއަދު ހަވީރު އޮންނަ ރަސްމިއްޔާތެއްގައި، މި މަސައްކަތް ފައްޓަވައި ދެއްވާނީ ރައީސް މުއިއްޒެވެ.

އެނގިފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކުރީ ސްރީ ލަންކާގެ ކުންފުންޏަކާއެވެ. 

އެ މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކޮށްފަ އެވެ. މި ފަޅުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok