ކުވޭތުގެ އަމީރު އަވަހާރަވުމުން ރާއްޖޭގެ ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކޮށްފި

Follow @loamaaOnline
--

--


ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. 

އުމުރުފުޅުން 86 އަހަރުގައި ޝައިހް ނަވާފް އަވަރާހަވީ މިއަދުއެވެ. 

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ، މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. 

ޝައިހް ނަވާފު ކުވެއިތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެ ޝައިހް ސަބާހު އަލްއަހުމަދު އަލްޖާބިރު އަލްސަބާހު އުމުރުފުޅުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok