ޕްރައިމަރީއަކާ ނުލައި އަޒާން، ސުޖާއު އަދި ސަންޓޯއަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓު ކަށަވަރުވެއްޖެ

Follow @loamaaOnline
--

---


އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު، ދިޔަރެސްގެ ކޯ ފައުންޑަރު އަހުމަދު އަޒާނާއި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު އާއި  އިބްރާހީމް ސަނާހް (ސަންޓޯ) އަށް ކަށަވަރުވެއްޖެއެވެ. 

މި މަހުގެ 23 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބާއްވާއިރު، އަޒާން ކުރިމަތިލާފައިވަނީ، އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާއަށެވެ. ސުޖާއު ބާރަށު ދާއިރާއަށް ވާދަކުރާއިރު. ސަންޓޯ ވާދަކުރަނީ ތިމަރަފުށީ ދާއިރާއަށެވެ.

އެ ތިން ބޭފުޅުންނަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ކަށަވަރުވީ އިތުރު މީހަކު އެ ދާއިރާތަކުގެ ޕްރައިމަރީގައި ވާދަނުކުރާތީއެވެ. 

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 350 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެއެވެ..


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok