މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 350 އަށް އަދި ނާރާ: ޝަހީބް

Follow @loamaaOnline
--

---


މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 350 އަށް އަދި ނާރާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނިންމާލެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު އިއްޔެ ބަލާފައިވާ ކަމަށާއި އަދި ސިޔާސީ މަގާމުތަކުގެ އަދަދު 50 ޕަސަންޓަށް ވެސް ނާރާ ކަމަށެވެ.

"ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓަވާނެ ކަމަށް. އަޅުގަނޑު އެންމެ ފަހުން އިއްޔެ ބެލި އިރުގައި އެ އަދަދު 50 ޕަސަންޓަށް ވެސް ނާރާ،" ޝަހީބު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ސިޔާސީ މަގާމުތަކުގެ ގޮތުގައި 808 މީހަކު މަގާމުތަކަށް އައްޔަންކޮށްފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063 އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok