ކުޅުދުއްފުށީ "ބަހާދަރު" ބޯޓު، ފަރަށް އުރިއްޖެ، ކުޑަކުދިންނާއި އަންހެނުންވެސް ތިބި

Follow @loamaaOnline
--

58 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓެއް ނ. ދެކެނަންފަރު ކައިރިއަށް ބީހިފައި - ފޮޓޯ: ޝަމީ ޖައުފަރު


މާލެއިން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދިޔަ "ބަހާދަރު" ބޯޓު ނ. ދެކެނަންފަރު ކައިރިއަށް ބީހިއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، މާލެ އިން ފުރަައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓު ދެކެނަންފަރު ކައިރިއަށް ބީހުނީ ރޭ ދަންވަރު ކަމަށެވެ.

އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ހާބަރު ކްރާފްޓް 116 އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ. 

މި ހާދިސާ ހިނގިއިރު ބޯޓުގައި 58 މީހުން ތިބިއިރު،  އޭގެ ތެރޭގައި ދިހަ ފަޅުވެރިންނާއި ހަ އަންހެނުންނާއި ހަ ކުދިންވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ، 17 މީހަކު ކޮމަންޑޫއަށް ގެންގޮސްފައިވާ ކަމަށާއި ފްލައިން ފިޝް ނަމަކަށް ކިޔާ ބޯޓަކުން 31 މީހުން ނަގައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. 

މިހާރު އެ ބޯޓުގައި ތިބީ ދިހަ ފަޅުވެރިން އެކަންޏެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok