ޑްރަގް ޓްރެފިކިން މައްސަލައެއްގެ ތުހުމަތުގައި ޖަލު ބަންދުގައިި ހުރި މީހަކު މަރުވެއްޖެ

Follow @loamaaOnline
--

--


މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި މަރުވެފައިވަނީ ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމުގައިވާ ޕީޓަރ ތޯމަސް ޑަސް (59 އަހަރު) އެވެ. އޭނާ މަރުވީ މިއަދުއެވެ. 

ކަރެކްޝަންސް އިން ބުނި ގޮތުގައި ޕީޓަރ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 4:01 ގައި އޭނާ ހިތްހުއްޓިގެން މަރުވީ ކަނޑައަޅާފައެވެ.

އެ މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޕީޓަރ ތޯމަސް ޑަސް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ވަނީ އަންގާފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok