ފުވައްމުލަކުގައި ހުވަނި ގިނަވެ، ރައްޔިތުންނަށް ބޮޑު ތަކުލީފެއް

Follow @loamaaOnline
--

ފުވައްމުލަކުގައި ހުވަނި ގިނަވެ، ކައުންސިލުން ބޭސް ޖަހަނީ.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް


ފުވައްމުލައް ސިޓީގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިއްޖެއެވެ.

ތޭރަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށަށް ކޮންމެ ވިއްސާރަ ދުވަސްވަރެއްގައި ހުވަނީގެ އުނދަގޫ ކުރިމަތިވެ އެވެ.

ފުވައްމުލައް ސިޓީގެ މީހަކު ބުނި ގޮތުގައި، މި ދުވަސްވަރަކީ އެ ސިޓީއަށް ވިއްސާރަ ދުވަސްވަރެއް ކަމުން ހުވަނީގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ފޯރަމުންދާ ކަމަށާއި އެގޮތުން ބޭރަށް ނުކުންނަ ހިނަ ފަހަރު ހުވަނި ޖެހިގެން އެކަމުގެ ޝަކުވާ މީހުން ކުރާ ކަމަށެވެ.

ފުވައްމުލައް ސިޓީއަށް ހުވަނީގެ އުނދަގޫ ކުރިމަތިވާތާ 10 ވަރަކަށް އަހަރު ވެއްޖެއެ ބޭސް ޖަހައިގެން ނައްތާލަން މަސައްކަތް ކުރި ނަމަވެސް އެކަމަށް އަދިވެސް ދާއިމީ ހައްލެއް ނުލިބއެވެ. 

ފުވައްމުލައް ސިޓީގައި އެންމެ ގިނައިން ހުވަނި އަޅާފައި ވަނީ ފުނަ ގަސްތަކާއި ގޭގޭގައި ހުންނަ ޖަނބުރޯލު ގަސްތާއި އަނބު ގަސްތަކުގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok