އަބްދުއްރަހީމް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

Follow @loamaaOnline
--

އަބްދުއްރަހީމް--- ފޮޓޯ: މިހާރު


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމައިވައިފިއެވެ.

އަދުރޭއަކީ، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދުރޭ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ތާއީދު ދެއްވުން އެދޭ ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަންކަންވެސް ކުރައްވާ އަދުރޭއަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅާއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok