އަލްހާންގެ ވައުދެއް ކާށިދޫ ދާއިރާއަށް، ހޮވައިދީފިނަމަ ކޮންމެ ގޭބިސީއަކަށް މަހަކު މަދުވެގެން 1000 ޑޮލަރު ވައްދާނަން!

Follow @loamaaOnline
--

އަލްހާން ފަހުމީ -- : މިހާރު


ކާށިދޫ ދާއިރާއަށް އިންތިހާބުވެއްޖެނަމަ، އެ ދާއިރާގެ ކޮންމެ ގޭބިސީއަކަށް މަހެއްގެ މައްޗަށް މަދުވެގެން 1000 ޑޮލަރު (15،420 ރުފިޔާ) ވައްދާނެ ކަމަށް އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ކާށިދޫ ދާއިރާއަށް ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ.

"އަޅުގަނޑު އިންތިހާބު ކޮށްފިނަމަ ކާށިދޫ ދާއިރާގެ ކޮންމެ ގޭ ބިސީއަކަށް މަދުވެގެން މަހަކު 1000 ޑޮލަރު ވައްދާނަން" އަލްހާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އަލްހާން ސިޔާސީ މައިދާނަށް ނުކުންނަވާފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީވެސް ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެވެ.

ޑީއާރުޕީން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެން، 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަލްހާން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އަލްހާން ވަނީ ވަކިކުރައްވައިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމުން އަލްހާން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެފަހުން ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު އަލްހާން ވަނީ ޕީޕީއެމަށްވެސް ސޮއިކުރެއްވިއެވެ. އަދި މިހާރު އޭނާއަކީ އެމްޑީޕީގެ މެންބަރެކެވެ.

އަލްހާން އެންމެފަހުން ވާދަކުރެއްވީ 2020 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންފައިވަނީ އަލްހާނަށެވެ.

އަލްހާން މަޖިލީހަށް ވާދަ ކުރައްވަން ނިންމެވި އިރު، ޕޮންޒީ ސްކީމު މައްސަލައިގައި އޭނާގެ މައްޗަށް ޓެކުމުގެ 11 ދައުވާއެއް ވަނީ އުފުލާފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok