އަމާޒަކީ ރާއްޖެއަށް އެންމެ ބޮޑު އާންދަނީއެއް ލިބޭ ސިނާއަތަކީ މަސްވެރިކަންކަމުގައި ހެދުން: ރައީސް

Follow @loamaaOnline
--

--


އަމާޒަކީ ރާއްޖެއަށް އެންމެ ބޮޑު އާންދަނީއެއް ލިބޭ ސިނާއަތަކީ މަސްވެރިކަންކަމުގައި ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން މީރުމާގައި އިއްޔެ ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަށް ގެންދެވުމަށް ކަމަށާއިއެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރުމާއި މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރުުގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާ ކަމަށާއި، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. 

ރައީސް ވިދާޅުވީ، އެ ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަ ކަމަށެވެ. 

މި ސަރުކާރުން މިހާތަނަށް ވަނީ މަސްވެރިންނަށް 136 މިލިއަން ރުފިޔާ ދޫކޮށްފައެވެ. 

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށްވީ ހުރިހާ ވައުދެއްވެސް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok