ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ: ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަން ސައުދުﷲ ފޯމު ހުށަހަޅުއްވައިފި

Follow @loamaaOnline
--

--


ކުރިއަށް އޮތް ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސައުދުﷲ ވަނީ އޭނާގެ ކެންޑިޑެސީ ފޯމު، ޕީއެންސީގެ ޗެއާމަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅަށް އަރުވާފައެވެ. ކެންޑިޑެސީ ފޯމާއެކު އޭނާ ވަނީ އެ ދާއިރާއިން ޕީއެންސީއާ ގުޅުނު 250 އަށް ވުރެ ގިނަ މީހުންގެ ފޯމުވެސް ހަވާލުކުރައްވާފައެވެ. 

ސައުދުﷲ އަކީ، ސްވިފްޓް އިންޖިނިއަރިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު އެތަކެއް ޕްރޮޖެކްޓެއް ހިންގައިފައެވެ.

ސައުދުﷲ އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރެވެ. ޔާމީންގެ ވެރިކަމުގެ ފަހު އަހަރު ސައުދުﷲ ޕީޕީއެމުން ވަކިވެފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމުން އުފެދުނު ނުތަނަވަސް ކަމުގެ ތެރޭގައެވެ.

އޭގެ ފަހުން ސައުދުﷲ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށްވެސް މަސައްކަތް ކުރައްވާފައެވެ.  ނަމަވެސް މިއަހަރުގެ ތެރޭގައި އޭނާ ވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok