މީހަކު މީހެއް: ޑިމޮކްރެޓްސްއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފި

Follow @loamaaOnline
--

--


ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އަަށް 10،000 މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިމޮކްރެޓްސްއިން 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފައިވަނީ "މީހަކު މީހެއް" މި ޝިއާރުގެ ދަށުންނެވެ.

ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.

"ނިކަން "މީހަކު މީހެކޭ" ކިޔައިގެން ނުކުމެ މިކަން ކުރަން ހުރިހާ ޑިމޮކްރެޓުން ކަމަރު ބަނދެގެން ނުކުމެބަލަ! ހުރި ބުންވަރާއި ހިތްވަރެއް ނުކަން ދައްކާލަބަލަ! އަސްތާ ކަމަކުދާކަށްނެތޭ ކިޔާ ގޮވާވަރު ކޮށްލަބަލަ!" ހަމްދާ ގެ ޓްވީޓްގައި ވެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިލެކްޝަން ކޮމިޝަނުން އާއްމުކުރި މައުލޫމާތަށް ބަލާއިރު ޑިމޮކްރެޓްސްގައި ތިބީ 3،280 މީހުންނެވެ. ނަމަވެސް މިފަހުން ބޭއްވި އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި 5000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ދީފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok