މާދަމާއިން ފެށިގެން ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީއަށް މަޑުކުރެވޭނެ

Follow @loamaaOnline
---

ވީއައިއޭގެ ޓެކްސީ ކިއު-- ވަން ފޮޓޯ


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

އެމްއޭސީއެލްއިން ބުނީ މާދަމާއިން ފެށިގެން އެ ބަދަލު ގެންނާނެ ކަމަށެވެ. އަދި  އެ ބަދަލު ގެންނަނީ ޑޮމެސްޓިކް ޓާމިނަލް ބޭނުން ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން މާލެ އާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތް ހެދި ނަމަވެސް، އެއާޕޯޓުން ޓެކްސީ ނަގަން ދާން ޖެހޭނީ މިހާރުވެސް އޮންނަ ގޮތަށް އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok