ކުންފުނީގެ އާ ގާނޫނު – އަހަރީފީ އުވާލައި އެކަކަށްވެސް ކުންފުނި ހެދޭ ބަދަލެއް

Follow @loamaaOnline
Registrar of Companies Mariyam Wisam

-- ރަޖިސްޓްރާރ އޮފް ކޮމްޕެނީސް - ފޮޓޯ ޕްރެސިޑެންޓް އިލެކްޓް އެމްވީ


ޑިސެމްބަރު 5، 2023 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ކުންފުނިތަކުގެ ބިލުގެ މަގްސަދަކީ މިހާރު އަމަލުކުރެވެމުން އަންނަ 1996 ވަނަ އަހަރު އުފެއްދި ކުންފުނިތަކާ ބެހޭ ގާނޫނު އުވާލައި، މިހާރުގެ ގާނޫނާ އަޅާބަލާއިރު މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ އެއް ހިއްސާދާރު ހިމެނޭ ޕްރައިވެޓް ކުންފުނިތައް ތައާރަފްކުރުމާއި އަމިއްލަ ކުންފުނިތަކަށް އެއް ޑިރެކްޓަރަކާއެކު ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލުމެވެ. މި ކޮންސެޕްޓަކީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް އަމަލުކުރެވެމުންދާ އުސޫލެކެވެ.

ސިންގަލް ޝެއާހޯލްޑިންގް ކުންފުންޏާ ސޯލް ޕްރޮޕްރިއޭޓަރ (އެސް.ޕީ) ގެ ތަފާތަކީ ކޮބާ؟

ސިންގަލް ޝެއާ ހޯލްޑިން ކުންފުންޏާއި އެސް.ޕީގެ އެއްމެ ބޮޑު ތަފާތަކީ ކުންފުންޏަކީ ވަގި ގާނޫނީ ޝަހްސެއް ކަމުގައި ބެލެވުމެވެ. މީގެ ސަބަބުން ކުންފުނީގެ ދަރަންޏަށް ހިއްސާދާރުން ޒިންމާވާން ޖެހޭ މިންވަރު ކަނޑައެޅި ލިމިޓު ވެގެންދެއެވެ.  ނަމަވެސް  އެސް.ޕީ ވިޔަފާރީގައި، ވިޔަފާރީގެ ހުރިހާ ދަރަންޏަކަށް ވެރިފަރާތުން ފުރިހަމައަށް ޒިންމާވާން ޖެހޭނެއެވެ.

ކުންފުނީގެ އާ ބިލުގައި، ކުންފުނީގެ ބާވަތްތަކުގެތެރެއަށް އިތުރު ދެ ބާވަތެއް ވަނީ އިތުރު ކޮށްފައެވެ. އެއީ، ސަރުކާރު ކުންފުންޏާއި، ލޯލަކް އޮތޯރިޓީ ކުންފުންޏެވެ. މީގެ އިތުރުން ކުންފުނީގެ އަހަރީ ފީ އުވާލައި، ދެން ދައްކަން ޖެހޭނީ ކުންފުނީ ރަޖިސްޓްރީ ކުރާއިރަން ދައްކަން ޖެހޭ ފީ އެކަންޏެވެ. އަދި، ކުންފުނިތަކުގެ ބިލުގައި ވަނީ ކުންފުނިތަކުގައި ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓް ސީލް އޮންނަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި
"ރަޖިސްޓްރާގެ ގެޒެޓް"ވެސް ތައާރަފްކޮށްފަ އެވެ.  އެއާއެކު، ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ނެރޭ އިއުލާނުތަކާއި ލީގަލް ނޯޓިސްތަކުގެ ރަސްމީ ޕްލެޓްފޯމެއްގެ ގޮތުގައި މި ގެޒެޓް ހަމަޖެހިގެން ދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، ކުންފުނިތަކުގެ ބިލަށް އަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2024 ގައެވެ.

ލިޔުނީ: ސީއެސްޓީ އެޑްވައިޒަރީ

ސީ.އެސް.ޓީ އެޑްވައިޒަރީ އަކީ އެކައުންޓިން، ފައިނޭންސް އަދި ޓެކްސް އެޑްވައިޒަރީ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުންގެ ޓީމެކެވެ. އަޅުގަނޑުމެންގެ ޕާޓްނަރުންގެ ތަފާތު ބެކްގްރައުންޑްގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ފާމުން އަމިއްލަ ފަރުދުންގެ ވިޔަފާރިން ފެށިގެން މެދުފަންތީގެ ކޯޕަރޭޝަންތަކާ ހަމައަށް ކްލައިންޓުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. 

އިތުރު މަޢުލޫމާތު: www.cstadvisory.com
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok