"ބޫމް، "ބޫމް"، ހަތް އަހަރަށް ފަހު އަލީ ވަހީދު އެނބުރި އެމްޑީޕީއަށް

Follow @loamaaOnline
--

---


މިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

އަލީ ވަހީދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތް އަހަރާއި ހަތް ދުވަހަށް ފަހު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

"އިރާދަފުޅުން އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން," އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރްޕީންނެވެ. އޭގެ ފަހުން އެމްޑީޕީގައި މަސައްކަތް ކުރައްވައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.

އެއަށްފަހު އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެވެ. އެ މަގާމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސޯލިހު ވަނީ އޭނާ މަގާމުން ވަކިކުރައްވާފަ އެވެ.

އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok