ކުޑަކުރީ ހިޔާ ފްލެޓްތަކުގެ ކުލި އެކަނި، މެއިންޓަނަންސް ފީ އާއެކު މަހަކު 4،984 ރުފިޔާ ދައްކަން ޖެހޭނެ

Follow @loamaaOnline
--

--


ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރި ނަމަވެސް، މެއިންޓަނަންސް ފީ މިހާރެކޭ އެއްގޮތަށް ދައްކަންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ހަރަދުގެ އެވްރެޖް އަގެއް އަނބުރާ ފްލެޓުގެ ވެރިފަރާތަށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގަ އެވެ.

އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ހިޔާ ފްލެޓްތަކަށް ހަތް އަހަރު ވަންދެން ދެން ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށެވެ.

"މިހާރު އެގްރިމެންޓް ހަދާފައި އޮތް ގޮތުން ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. ނަމަވެސް އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984 ރުފިޔާ 21 ލާރި" ރައީސް ވިދާޅުވިއެވެ.

ކޮންމެ ހިޔާ ފްލެޓަކުން މެއިންޓަނަންސް ފީގެ ގޮތުގައި މިހާރު ވެސް ދައްކާ 1،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. މެއިންޓެނެންސް ފީ ހިމަނައިގެން މަހަކު ދައްކަން ޖެހޭނީ 4984.21 ރުފިޔާ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok