އައްޑޫގައި ގްރޫޕް މާރާމާރިއެއް: ވަޅި ހަރައި މީހަކު ޒަަހަމްކޮށްލައިފި، ހާލު ސީރިއަސް!

Follow @loamaaOnline
--

--


އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒަހަމްކޮށްލި މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި ހިތަދޫގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އޭނާގެ ހާލު ސީރިއަސް ކަމަަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok