އެމްއެފްއޭގެ ވައިސް ޗެއާއަކަށް ޝީލާ ވާދަކުރަނީ

Follow @loamaaOnline
---

ފިލްމީ ތަރި ޝީލާ ނަޖީބު


މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ 2024-2025 ދައުރުގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް (49އ) ވާދަކުރަން ނިންމައިފި އެވެ.

ޝީލާ މިކަން ހާމަކޮށްފައިވަނީ އެމްއެފްއޭ އާއްމު ވައިބާ ގްރޫޕްގައެވެ.

"ގުޅިގެން ކުރިއަށް" ސްލޯގަންއާ އެކު ޝީލާ އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ އެމްއެފްއޭގެ ވައިސް ޗެއާޕާސަން ކަމަށް އޭނާ ކުރިމަތިލާ ކަމަށާއި އޭނާއަށް ވޯޓު ދިނުން އެދޭ ކަމަށެވެ.

ޝީލާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ވިދާ އެއް ތަރިއެވެ. އެތައް ފިލްމަކާއި ލަވައެއް އޭނާ ކުޅެފައިވާއިރު އޭނާ ކުޅެފައިވާ "ޔޫސުފް" އާއި "އެ ބައްޕަ" އާއި "ޒުލޭހާ" ފަދަ ފިލްމުތަކަކީ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލްމުތަކެވެ.

ފިލްމީ އިންޑަސްޓްރީގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޝީލާ ހިދުމަތްކޮށްފައިވާއިރު، އެ ދާއިރާއިން އޭނާއަށް ވަނީ އެތައް އެވޯޑެއްވެސް ލިބިފައެވެ. 

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2024-2025 ދައުރުގެ ހިންގާކޮމެޓީ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ 15 ޑިސެމްބަރު 2023ގައެވެ. އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ ފަސް ވަނަ ދުވަހުގެ 18.00 ނިޔަލަށް ވަނީ އޮންނާނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok