އަލީ ޝިފާންގެ މަރުގެ މައްސަލައިގައި ޝައިފަން މަރަން ކުރި ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި!

Follow @loamaaOnline
--

އަލީ ޝިފާން (ވ) ގެ މަރުގެ މައްސަލައިގައި މަރުގެ ހުކުމް އިއްވި ޝައިފާން (ކ)


މީގެ 11 އަހަރު ކުރިން، ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން (ތޮޅި ޕެލޭ) ހުއްޓައި، ސައިކަލުގައި ބަޔަކު ގޮސް އޭނާއަށް ވަޅިން ހަމަލާދީ، މަރާލި މައްސަލާގައި ހިމެނޭ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

1 އޭޕްރީލް 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓަން މިއަދު ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. 

ޝައިފަން މަރުމުގައި ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގަ އެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރޭގައި ޝައިފަން ހިމެނޭ ކަމަށް ބައެއް ހެކިން ބުނާއިރު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ކަމަށް އެހެން ބައެއް ހެކިން ބުނާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭ ދިމާވާއިރު، ޑީއެންއޭއަކީ މިފަދަ މައްސަލަތަކުގައި ބޭނުން ކުރެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ މައްސަލަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok