ޑެޕިއުޓީ މިނިސްޓަރުކަން އިތުރު 17 ބޭފުޅަކަށް، ޖުމްލަ އަދަދު 61 އަށް!

Follow @loamaaOnline
--

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކުރެއްވި ޝިއުނާ----


އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 17 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.

ރައީސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑެޕިއުޓީ މިނިސްޓަރުންނަށް ބޭފުޅުން އައްޔަނުކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި 17 ބޭފުޅުންގެ ލިސްޓާ އެކު، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 61 އަށް އެރީ އެވެ.

ފުރަތަމަ ބުރުގައި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރީ 20 ބޭފުޅެކެވެ. ދެ ވަނަ ބުރުގައި 26 ބޭފުޅެކެވެ. އަދި ޑެޕިއުޓީ މިނިސްޓަރުކަން އިތުރު 17 ބޭފުޅަކަށް ދީފައިވާކަން މިއަދު ވަނީ އިއުލާނުކޮށްފައެވެ. 

އަލަށް އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރުން:

  • - އިބްރާހީމް ޝާޒް ހަބީބު، ފޮރިން މިނިސްޓްރީ
  • - އަމާނީ މުހައްމަދު، ހޯމް މިނިސްޓްރީ
  • - އާމިނަތު ނާޒިމާ، އެޑިއުކޭޝަން މިނިސްޓްރީ
  • - އާމިނަތު މާރިޔާ، އެޑިއުކޭޝަން މިނިސްޓްރީ
  • - ޝަޖާހު ފިރާގު، އެޑިއުކޭޝަން މިނިސްޓްރީ
  • - އަލީ ނާސިރު، ހެލްތު މިނިސްޓްރީ
  • - ނާޝިމާ ޢަބްދުއްލަތީފް، ޓޫރިޒަމް މިނިސްޓްރީ
  • - އިބްރާހީމް ސުއޫދު، ޓޫރިޒަމް މިނިސްޓްރީ
  • - އަޝްހަދު ސައީދު، ޓޫރިޒަމް މިނިސްޓްރީ
  • - ހަސްމާ ހަސަންމަނިކު، ސޯޝަލް މިނިސްޓްރީ
  • - އާމިނަތު ނަމްޒާ، ސޯޝަލް މިނިސްޓްރީ
  • - އާމިނަތު އިސްމާއީލް، ސޯޝަލް މިނިސްޓްރީ
  • - އަޒުހަރު އަބްދުﷲ ސައީދު، ހައުސިން މިނިސްޓްރީ
  • - އިބްރާހީމް ޔާސިރު، ޓްރާންސްޕޯޓް މިނިސްޓްރީ
  • - އާމިނަތު ޝަޝީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • - މަރްޔަމް ޝިއުނާ، ޔޫތު މިނިސްޓްރީ
  • - އިބްރާހީމް ފަޔާޒު، ލޯކަލް ގަވަންމަންޓް މިނިސްޓްރީ

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް މުއިއްޒު ވަނީ މިހާތަނަށް 49 ބޭފުޅުން އައްޔަނުކުރައްވައިފައެވެ. 

ރައީސްގެ އަމާޒަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމެވެ. މިހާތަނަށް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ 180 އަށް ވުރެ އިތުރުވެފައެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok