މަންޑޭގެ އަގުބޮޑު ދިރިއުޅުން: އެޕާޓުމަންޓުގެ އަގު 8 މިލިއަނަށް، ސެންޓާއި އަތްދަބަސްތަކާއި ގަހަނާގެ އަގު ހަތް މިލިއަނަށް!

Follow @loamaaOnline
--

---


ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) އާއި އޭނާގެ އަންހެނުން "އުދުހެމުން" ދިޔަ ގޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކޮށްފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ، ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް އާއްމުކޮށްފަ އެވެ.

ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަނަށް އަރާ ކަމަށާއި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަނަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ވިދާޅުވިއެވެ. މި ސެންޓު ފުޅިތައް ހުރީ ނުކަނޑާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި ތަފްސީލްތައް ޕީޖީ އޮފީހުން އާއްމުކޮށްފައި ވަނީ ތަހުގީގަށް މަންޑޭގެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފަިއ ވަނިކޮށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok