ފްލައިޓު މަތީގައި ދިވެއްސަކު ކެބިން ކުރޫއަކަށް ޖިންސީ ގޯނާކޮށް، އެހެން ކުރޫއަކަށް ފުރައްސާރަކޮށްފި

Follow @loamaaOnline
-

-


މިދިޔަ ހުކުރު ދުވަހު ހަވީރު "އިންޑިގޯ އެއާލައިންސް"ގެ ފްލައިޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާގެ ބެންގަލޫރަށް ދިޔަ ދިވެއްސަކު ފްލައިޓް މަތީގައި ކެބިން ކުރޫއަކަށް ޖިންސީ ގޯނާކޮށް، އެހެން ކުރޫއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އެ ގައުމުގައި އޭނާ ހައްޔަރުކޮށްފިއެވެ. 

އިންޑިއާގެ 'ނިއު އިންޑިއަން އެކްސްޕްރެސް' ނޫހުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަކްރަމް އަހުމަދު 51، ކިޔާ މީހެކެވެ. ނަމަވެސް އޭނާއަކީ ކޮން ރަށެއްގެ މީހެއްކަން އެނގިފައެއް ނުވެއެވެ.

އަކްރަމް ހައްޔަރުކޮށްފައިވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލަ އެއާޕޯޓަށް ފްލައިޓް ޖެއްސުމާ އެކު އެއާޕޯޓުންނެވެ.

އަކްރަމްގެ މައްޗަށް އިންޑިއާގެ ފުލުހުން ކުރަނީ އަންހެނެއްގެ ކަރާމާތަށް އަރައިގަތުމުގެ ނިޔަތުގައި ގޯނާ ކުރުން ނުވަތަ ބާރުގެ ބޭނުންކުރުމާއި އަންހެނެއްގެ ކަރާމާތަށް އަރައިގަތުމުގެ ނިޔަތުގައި އަނގަބަހުން އެއްޗެއް ބުނުން ނުވަތަ އަމަލުން ކަމެއް ކުރުމުގެ ތުހުމަތެވެ.

އަކްރަމް ޖިންސީ ގޯނާކޮށްފައިވަނީ 20 އަހަރުގެ ކެބިން ކުރޫއަކަށް ކަމަށް އެ ނޫހުން ބުނެފައިވާއިރު ޖިންސީ ފުރައްސާރަކޮށްފައިވަނީ 21 އަހަރުގެ ކުރޫއަކަށެވެ. 

އަކްރަމަކީ ހަމުގެ ބައްޔަށް ފަރުވާ ހޯދަން އިންޑިއާއަށް ދިޔަ މީހެކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok