މަސައްކަތްތައް ނުނިމޭތީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދިގުދަންމާލަން އަސްލަމް ހުށަހަޅުއްވައިފި

Follow @loamaaOnline
--

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް--- ފޮޓޯ: މަޖިލިސް އިދާރާ


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދިގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށައަޅައިފިއެވެ.

އަސްލަމް ހުށަހެޅުއްވީ ތިން ވަނަ ދައުރު އަންނަ މަހުގެ ހަތަކާ ހަމައަށް ދިގުކުރުމަށެވެ. ތިން ވަނަ ދައުރު ކުރިން ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

މަޖިލީސް ދިގުދައްމާލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އަސްލަމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުން ލަސްވުމުގެ ސަބަބުން ބަޖެޓުގެ މަސައްކަތް ނުނިމި އޮތުމުން ކަމަށެވެ.

ބަޖެޓުގެ ބަހުސް މަރުހަލާ ނިމުނީ އާދިއްތަ ދުވަހުއެވެ. އެއާއެކު ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރަންޖެހުމާއިއެކު އެހެން މަސައްކަތްތައް އަނެއްކާވެސް ފަސްވިއެވެ.

އާ ސަރުކާރު އުފެދުމުގެ ސަބަބުން ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަވެސް އޮތީ ހުށައަޅާފައެވެ. އެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok