ނަވާރަ ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ލުތުފީ މާދަމާ މިނިވަންވާނެ!

Follow @loamaaOnline
---

ލުތުފީ----


މީގެ 35 އަހަރު ކުރިން 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލައިގެ އެންމެ އިސް މޭސްތިރިޔާ އަބްދުﷲ ލުތުފީ މާދަމާ މިނިވަންވާނެއެވެ.

ކަރެކްޝަންސްގެ އޮފިސަރަކު ވަނީ އެކަން "ލޯމާ" އަށް ކަށަވަރުކޮށްދީފައެވެ. 

ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)ގެ ހަނގުރާމަވެރިންގެ ބަޔަކާ އެކު މާލެ އަރައި ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެތައް ދިވެހިންނެއް ޝަހީދުކޮށްލި އުދުވާނާ ގުޅިގެން ލުތުފީގެ މައްޗަށް އޭރު އިއްވީ، މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް (25) އަހަރުގެ ހުކުމަކަށް ބަދަލުކުރައްވާފައެވެ.

ލުތުފީގެ މައްޗަށް އިއްވި، 25 އަހަރުގެ ޖަލު ހުކުމް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ތަންފީޒުކޮށް ނިމިފައެވެ، ނަމަވެސް ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔައިރު، ބޭރަށް ބޭސްފަރުވާއަށް ދިއުމަށްފަހު ފިލައިގެން އުޅުނު މައްސަލައިގައި މީގެ  ދެ އަހަރު ކުރިން ވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ލުތުފީ މިހާރު ތަންފީޒުކުރަމުން ދަނީ އެ ޖަލު ހުކުމެވެ.

ލުތުފީ ފިލައިގެން ދިޔައީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ލަންކާގައި އުޅެނިކޮށް ލުތުފީ އެނބުރި ރާއްޖެ ގެނެސްފައިވަނީ، 2019 ވަނަ އަހަރުގެ ތެރޭގައެވެ

ނޮވެމްބަރު ތިނެއްގައި ދިން އުދުވާނީ ހަމަލައިގައި 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އާއްމުންނާއި ސިފައިންވެސް ހިމެނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok