ރައީސް ސޯލިހު، މުއިއްޒަށް: އަސާސީ ހިދުމަތްތައް ގާއިމްނުކޮށް 7 އަހަރު ކީއްތޯ ކުރެއްވީ؟

Follow @loamaaOnline
Muizzu- President Solih

މުއިއްޒުއާއި ރައީސް ސޯލިހު--- ފޮޓޯ: ވޮއިސް/ރައީސް އޮފީސް


ހަތް އަހަރު ހައުސިން އެންޑް ޕްލޭނިން މިނިސްޓަރަށް ހުންނެވިއިރު އަސާސީ ހިދުމަތްތައް ގާއިމް ނުކުރައްވައި ހުންނެވީ ކީއްވެތޯ އުސާލުކުރައްވައި، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ. 

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ބ. ބެހެންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވީ، ތަފާތު އެކި ވައުދުތައް ކެންޑިޑޭޓުން ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ކިރިޔާވެސް ބަލާލަން ޖެހޭނީ ޕީއެންސީއަށް ކަމަށާއި އެ ޕާޓީން ބައެއް ކަންކަން އިއުލާން ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރޭގަ ވިދާޅުވީ ތިމަންނަގެ ސަރުކާރެއްގައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ބަރާބަރަށް ގާއިމްކުރައްވާނަމޭ. ބަލަ މިއޮތް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ. ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާއެއީ. ނިކުމެވަޑައިގެން އެ ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދެއްވާނަމޭ. ބަލަ ނުފެނޭތޯ މިރަށްރަށުގައި ފެނާ ނަރުދަމާ ނެތްތަނެއް. ކަރަންޓުގެ ހިދުމަތް ނުލިބިގެން މީހުންގެ ޓީވީތަކާއި އައިސްއަަލަމާރިތަކާއި އެއާކޮންޑިޝަންތައް ފުނޑުފުނޑުވެގެން ދިޔަތަން" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ޕީއެންސީ ނޫން އެހެން ޕާޓީތަކުގެ މާ ބޮޑު ވިޝަނެއް ނެތް ކަމަށާއި އެ ޕާޓީތަކުން އުޅެނީ ކޯލިޝަންގެ ތެރެއިން އެކި މަގާމުތައް ހޯދުމަށް ކަމަށެވެ. 

ރައީސް އިތުރަސް ވިދާޅުވީ ތާކުންތާކު ޖެހޭ އެއްވެސްކަމެއް ކުރައްވަން މުއިއްޒަށް ވައުދުވެވަޑައިނުގެންނެވޭ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok