ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި، އާ ޕާޓީއެއް އުފައްދަނީ!

Follow @loamaaOnline
None

---


ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވިކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނި ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު "ޗެނަލް 13"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުގެ އެއްބާރުލުން ރައީސް ޔާމީނަށް ނެތުމުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕިއެމްއާ ދުރަށް ވަޑައިގެންނަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.