އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނައީ ރާއްޖޭގައި! ސަބަބު މިއޮތީ!

Follow @loamaaOnline
----

ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ---- ފޮޓޯ: ދަ އެޑިޝަން


އާބާދީގެ ނިސްބަތުން ދުނިޔެއިން އެންމެ ވަރި ގިނައީ ރާއްޖޭގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

"ވައިސްވޯޓާސް"ގެ ދުނިޔޭގެ ގައުމުތަކުގެ ވަރީގެ ރޭޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނައީ ރާއްޖޭގައ3ެވެ. 

ދުނިޔޭގައި އެންމެ ގިނައިން ވަރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ގުއާމް، ރަޝިއާ، މޯލްޑޯވާ، ބެލަރޫސް، ޗައިނާ، އަރޫބާ، ޖޯޖިއާ، ޔޫކްރެއިން އަދި ކޮސްޓަރިކާ ހިމެނޭއިރު އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖެއެވެ. އެއީ، ކޮންމެ 1،000 މީހަކަށް 5.5 ވަރިއެވެ. 

ދެވަނައިގައި އޮތް ގުއާމް އަށް ލިބިފައިވަނީ ކޮންމެ 1000 މީހަކަށް 4.3 ވަރިއެވެ. ތިންވަނައިގައި 1000 މީހަކަށް 3.9 ވަރިކުރާ ރަޝިޔާ އޮތްއިރު ހަތަރުވަނައިގައި އޮތީ ކޮންމެ 1000 މީހަކަށް 3.8 ވަރިކުރާ މޯލްޑޯވާއެވެ. ބެލަރޫސް ގަދަ ފަސް ވަނައިގައި ހިމެނެނީ ކޮންމެ 1،000 މީހަކަށް 3.7 ވަރި، ޗައިނާ އިން ކޮންމެ 1،000 މީހަކަށް 3.2 ވަރި، އަރޫބާ އިން ކޮންމެ 1،000 މީހަކަށް 2.9 ވަރި، ޖޯޖިއާ އިން ކޮންމެ 1،000 މީހަކަށް 2.9 ވަރި، ޔޫކްރެއިން އިން ކޮންމެ 1،000 މީހަކަށް 2.9 ވަރި އަދި ކޮސްޓާރިކާ 1000 މީހަކަށް 2.8 ވަރިއާއެކު ދިހަ ވަނައިގަ އެވެ.

ރާއްޖޭގައި ވަރި ގިނަވާ ސަބަބެެއްކަމުގައި ފާހަގަކޮށްފައިވަނީ، އިޖުތިމާއީ އެއްބައިވަންތަކަން ނެތުމާއި ގައުމުގެ ތެރޭގައި އިގްތިސާދީ ގޮތުން ދިމާވާ ދަތި ހާލަތްތަކުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެސް، މަސްތުވާތަކެތީގެ ވަބާ އަދި މަސްތުވާތަކެތީގެ ވަބާ ފަދަ އެހެނިހެން މައްސަލަތަކެވެ. 

މީގެ އިތުރުން ކައިވެންޏާއި އާއިލީ ގާނޫނާ މެދު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރިވާ ނިސްބަތް އިތުރުކުރުމުގައި ދައުރެއް އަދާކުރާ ސިޔާސަތުތަކެކެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok