ރާއްޖޭގައި 5،400 ވުރެ ގިނަ އެކަނިވެރި މައިން

Follow @loamaaOnline
---

--


ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި އެލަވަންސް ލިބޭ 5400 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި, ރާއްޖޭގައި އެކަނިވެރި ބެލެނިވެރިންގެ ގޮތުގައި ކުދިން ބަލާ 5443 ބެލެނިވެރިންނަށް އެކަނިވެރި މައިންގެ އެލަވަންސް ލިބެއެވެ. އަދި ވަގުތީ ގޮތުން ކުދިން ބަލަން 148 އަންހެނަކަށް ފޮސްޓާ ޕޭރެންޓް އެލަވަންސްގެ ގޮތުގައި އެންސްޕާއިން އެލަވަންސް ދެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 61,150 ފިރިހެން ކުދިންނާއި 58,009 އަންހެން ކުދިންނާއެކު ޖުމްލަ 119,159 ދިރިއުޅެއެވެ. 

ޖުމްލަ ކުޑަކުދިންގެ ތެރެއިން  45,252 ކުދިން މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު އަތޮޅުތެރޭގައި ދިރިއުޅެނީ 73,907 ކުދިންނެވެ.

ކުޑަކުދިންގެ ތެރެއިން އެވްރެޖްކޮށް 4.5 ޕަސަންޓު ފިރިހެން ކުދިންނަށް އަދި 3.1 ޕަސަންޓު އަންހެން ކުދިންނަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިން ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok