ޝީޝާ ބުއިމުން އުމުރަށްވުރެ ހަންގަނޑު މުސްކުޅިވޭ!

Follow @loamaaOnline
--

--


ޝީޝާ ނުވަތަ ހުކާއަކީ، މިއަދު ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އެކަމަށް ހާއްސަ ކެފޭތައް މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި އެބަތިއްބެވެ. ޒުވާން ޖީލުގެ ބޮޑުބައެއް މިވަނީ މިކަމުގެ އަޅަކަށްވެފައެވެ. 

ޝީޝާގައި ޔުނިވާސަލް ގިނަ ކޮމްޕޯނެންޓްތަކެއް އެކުލެވިގެންވާ އިރު އޭގެ ތެރޭގައި ފެން ތަށި، މެޓަލް ބޮޑީ، ތިރީގައި ހޮޅިތައް ހުންނަ ބޮލެއް އަދި މައުތުޕީސް ހިމެނޭ ފްލެކްސިބަލް ހޯސްއެއް ހިމެނެ އެވެ.

މި ޑިވައިސް މަސައްކަތް ކުރަނީ ޗާކޯލް އަންދައި، އެއަށްފަހު ދުންފަތުގެ މިކްސްޗަރެއް އަންދާލުމުގެ އިތުރުން ފެން ހޫނުކޮށްގެންނެވެ. ޗާކޯލް އިން އުފެދޭ ދުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ ފެނާއި ހޮޅިން އަދި މައުތުޕީސް އާ ހަމައަށް ގެންދިއުމަށް އެހީތެރިވެދެ އެވެ.

ޝީޝާއެއް ބޭނުންކުރުމުން ދުންފަތުގެ ދުމުގެ އަސަރު މީހާއަށް ކުރިމަތިވާ އިރު، އޭގެ ތެރޭގައި ކާބަން މޮނޮކްސައިޑް ފަދަ ނުރައްކާތެރި މާއްދާތައް އެކުލެވިގެންވެއެވެ. ހުއްކާގައި ހުންނަ ފެނުން މި ބައިތައް ފިލްޓާ ނުކުރެއެވެ.

ސީދާ ޝީޝާއިން ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް ކައިރީގައި ހުރެއްޖެ ނަމަ ސެކަންޑްހޭންޑް ދުންފަތުގެ ނޭވާ ލެވިދާނެ އެވެ.

ޝީޝާގެ ދުމުގެ ސަބަބުން ސިއްހަތަށް ކުރާނެ ބައެއް އަސަރުތަކުގެ ތެރޭގައި:

  • ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ)
  • ބްރޮންކައިޓިސް
  • ހިތުގެ ބަލިތަކާއި ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުޔ
  • ފުއްޕާމޭ، ކަރު އަދި އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު
  • ދުވަސްނުފުރާ ހަންގަނޑު މުސްކުޅިވުން،

ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ޓްރަސްޓެޑް ސޯސް އިން ބުނި ގޮތުގައި ޝީޝާ މެދުވެރިކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ "ސިނގިރޭޓް ބުއިމާ އެއްވަރުގެ ސިއްހީ ނުރައްކާތަކެއް" ހުރި ކަމެކެވެ.

މިސާލަކަށް ދުންފަތުގެ ދުމުން އަދިވެސް ނިކޮޓިން ފޯރުކޮށްދެނީ ވަރަށް ބޮޑަށް އެޑިކްޓިވް މާއްދާއެކެވެ. ޝީޝާގެ ދުމުން ވެސް ޗާކޯލް އަންދާލަން ޖެހޭ އިރު، ދުންފަތުގެ އިސްތިއުމާލާ މުއާމަލާތްކޮށް، ސިނގިރޭޓް ދުމާ އެއްވަރަށް ވިހަ ދުމުގެ އަސަރު އުފައްދައެވެ.

ސީޑީސީން ބުނި ގޮތުގައި ސިނގިރޭޓެއްގައި މީހަކު އެވްރެޖްކޮށް 20 ފަހަރު ޕަފް ކުރާ އިރު، ގަޑިއިރެއްހާ އިރުގެ ޝީޝާ ސެޝަނެއްގައި 200 ޕަފް ނަގާފާނެ އެވެ.

މީގެ އިތުރުން، ޝީޝާ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިނގިރޭޓުގެ ދުމުގެ ގޮތުގައި ނިކޮޓިން އަށް ވުރެ 2.5 ގުނަ އަށް ވުރެ ގިނަ އިން ޑެލިވަރީ ކޮށްދޭ ކަމެއް ކަމަށް ޔުނިވާސިޓީ އޮފް ޕިޓްސްބާގް ސްކޫލް އޮފް މެޑިސިންގެ ދިރާސާތަކާ ހަވާލާދީ ނޭޝަނަލް އިންސްޓިޓިއުޓް އޮން ޑްރަގް އެބިއުސް ޓްރަސްޓްޑް ސޯސް އިން ބުނެ އެވެ. ނިކޮޓިންގެ މި ވޮލިއުމަކީ ވަރަށް ބޮޑަށް އެޑިކްޓިވް ވުމުގެ ފުރުސަތު އޮތް ވޮލިއުމެކެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok