ޣައްޒާގެ އައްސޭރިފަށަށް އިޓަލީން ހޮސްޕިޓަލު އުޅަނދެއް ފޮނުވަނީ

Follow @loamaaOnline
Italy Defence minister

ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ އެލަޔަންސްގެ ހެޑްކުއާޓަރުގައި ބޭއްވި ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ބައިވެރިވެވަޑައިގަންނަވަނީ


އިޓަލީން ހޮސްޕިޓަލުގެ އުޅަނދެއް ޣައްޒާގެ އައްސޭރިފަށަށް ފޮނުވުމަށް ނިންމައިފިއެވެ. 

އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވި ގޮތުގައި ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ފަރުވާ ދިނުމަށް އިޓަލީން ޣައްޒާއަށް ފޮނުވަނީ ހޮސްޕިޓަލެއް ހިމެނޭ ނޭވީ އުޅަނދެއް ކަމަށެވެ. 

ވަލްކާނޯގެ ނަމުން ނަން ދީފައިވާ މި ބޯޓު 170 ސްޓާފުންނާއެކު މިއަދުގެ ވަގުތެއްގައި އިޓަލީގެ ބަނދަރަކުން ފުރާފައިވާ ކަމަށާއި އޭގެ ތެރޭގައި މެޑިކަލް އިމަޖެންސީއަށް ތަމްރީނު ލިބިފައިވާ 30 މީހުން ހިމެނޭ ކަމަށް ކްރޮސެޓޯ ވިދާޅުވެފައިވެއެވެ. 

"ފަލަސްތީނާ އެކު އެއްބަސްވުމެއްގެ ދަށުން ސީދާ ޣައްޒާއަށް ފީލްޑް ހޮސްޕިޓަލެއް ގެންނާނެ" އޭނާ ވިދާޅުވިއެވެ. 

ކްރޮސެޓޯ ވިދާޅުވި ގޮތުގައި ޣައްޒާ ހިމެނޭ ސަރަހައްދުގައި އެންމެ ފުރަތަމަ އިންސާނީ އޮޕަރޭޝަނެއް ހިންގަނީ އިޓަލީން ކަމަށާއި އެހެން ގައުމުތަކުންވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok