ޔޫރަޕިއަން ސްޕޭސް އެޖެންސީން ފުރަތަމަ ފަހަރަށް ކައުނުގެ ކުލަ ފޮޓޯތައް ދައްކާލައިފި

Follow @loamaaOnline
--

--


މިދިޔަ ޖުލައި މަހު ފްލޮރިޑާއިން ޖައްވަށް ފޮނުވާލި އިނގިރޭސިވިލާތުގެ އެހީގައި އުފައްދާފައިވާ ޖައްވީ އުޅަނދުން ކޮސްމޮސް (ކައުނުގެ) ފުރަތަމަ ފަސް ފޮޓޯ ދުނިޔެއާ ގާތްގަނޑަކަށް އެއް މިލިއަން މޭލު ދުރުގައި ވާ، ވެންޓޭޖް ޕޮއިންޓުން ދުނިޔެއަށް ފޮނުވާލައިފިއެވެ. 

އޭގެ ތެރޭގައި 250 މިލިއަން އަލި އަހަރު ދުރުގައި ވާ ޕާސިއަސް ކްލަސްޓާގެ 1،000 ގެލެކްސީގެ ޝޮޓާއި އޮރިއަން ކޮންސްޓަލޭޝަންގައި ވާ ހޯސްހެޑް ނެބިއުލާގެ މަންޒަރެއް ހިމެނެ އެވެ.. 

މީގެ އިތުރުން ހިތްގައިމު ސްޕައިރަލް ގެލެކްސީއަކާއި "ރެގިއުލޭޓާ ޑްވާފް ގެލެކްސީ" އަކާއި ގްލޯބިއުލާ ކްލަސްޓާގެ މަންޒަރުވެސް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 400،000 ކުރީގެ ތަރިތަކުގެ ބޮޑު ބޯޅައެކެވެ. 

މިއަދު އާންމުކުރި ފުރަތަމަ ފަސް ތަސްވީރަކީ ކައުނުގެ އެންމެ ފުޅާ ތްރީޑީ މެޕް އުފެއްދުމަށް ޔޫކްލިޑުން ހަ އަހަރު ވަންދެން ކުރިއަށް ގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. 

އީއެސްއޭ އިން ބުނީ އުޑުގެ މިހާ ބޮޑު ސަރަހައްދެއްގައި މިފަދަ ރޭޒާ ޝާޕް އެސްޓްރޮނޮމިކަލް ފޮޓޯތަކެއް އުފެއްދުމަށް އެހެން ޓެލެސްކޯޕަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. ސްޕޭސް އެކްސް ރޮކެޓަކުން މިދިޔަ ޖުލައި މަހު ޖައްވަށް ފޮނުވި ފަހުން، ޔޫކްލިޑް ހުންނަނީ ޖައްވުގެ "ދެވަނަ ލެގްރޭންޖް ޕޮއިންޓް" ކަމަށްވާ އެލް-2 ގައެވެ. 

އެލް-2 ހުންނަނީ 930،000 މޭލު (1.5 މިލިއަން ކިލޯމީޓަރު) ސީދާ ދުނިޔެ "ފަހަތުން" އިރުން ފެންނަ ގޮތަށް، ހަނދަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ދުރުގައެވެ. 

ޕާސިއަސް ކްލަސްޓާ

ފުރަތަމަ ފޮޓޯއިން ފެންނަނީ ގްރީކް މިއޮލޮޖިކަލް ހީރޯގެ ނަމުން ނަން ދީފައިވާ ކޮންސްޓަލޭޝަންގައި ހިމެނޭ ގެލެކްސީތަކުގެ ކްލަސްޓާއެއް ކަމަށްވާ ޕާސިއަސް ކްލަސްޓާއަށް ނިސްބަތްވާ 1000 ގެލެކްސީއެވެ. 

މި 1،000 ގެލެކްސީއަކީ ޝޮޓްގެ އެންމެ އަލިގަދަ ގެލެކްސީތައް ނަމަވެސް، ބެކްގްރައުންޑްގައި އިތުރު ލައްކައަކަށްވުރެ ގިނަ ގެލެކްސީތައްވެސް އެބަހުއްޓެވެ.

މީގެ ތެރެއިން ގިނަ ފިނި ގެލެކްސީތަކަކީ ކުރިން ނުފެންނަ ގެލެކްސީތަކެއް ކަމުން އޭގެ ތެރެއިން ބައެއް ގެލެކްސީތަކަކީ އެހާ ދުރުގައި ހުރި ގެލެކްސީތަކެއް ކަމުން އޭގެ އަލިކަން ދުނިޔެއާ ހަމައަށް އަންނަން 10 ބިލިއަން އަހަރު ނަގައެވެ.

ޕާސިއަސް އަކީ މުޅި ދުނިޔޭގައި 11 މިލިއަން އަލި އަހަރުގެ ދިގުމިނުގައި، ހޫނު ގޭހުގެ ބޮޑު ވިލާގަނޑެއްގެ ތެރޭގައި އެތައް ހާސް ގެލެކްސީތަކެއް އެކުލެވިގެންވާ ތަނެވެ. 

މިއީ އެސްޓްރޮނޮމިކަލް ގޮތުން ބަލާއިރު ވަރަށް ގާތް، އަދި ދުނިޔެ އާ 240 މިލިއަން އަލި އަހަރު ދުރުގައި އޮންނަ ތަނެކެވެ. 

ހޯސްހެޑް ނެބިއުލާ

މެއިލް އޮންލައިންގެ ފޭވަރިޓަކީ ހޯސްހެޑް ނެބިއުލާ އެވެ. އެއީ އަސްއަކާ އެއްގޮތް އެއްޗެއް ކަމަށް ބުނެވޭތީ އެވެ. 

ދުނިޔެއާ ގާތްގަނޑަކަށް 1،375 އަލި އަހަރު ދުރުގައި ވާ އޮރިއަން ކޮންސްޓަލޭޝަންއިން ފެނުނު ހޯސްހެޑް ނެބިއުލާގައި ހިމެނެނީ ޒުވާން، ހޫނު ތަރިތަކުން އެތެރޭން އަލިވާ އަޔޮނައިޒްޑް ގޭހުގެ ވިލާގަނޑެކެވެ. 

ނެބިއުލާއަކީ ތަރިތަކުގެ މެދުގައި އޮންނަ ޖާގަ ހިފަހައްޓައި، އާ ތަރިތަކުގެ "ނާސަރީ" އެއްގެ ގޮތުގައި މަސައްކަތްކުރާ ކުނޑިއާއި ގޭހުގެ ބޮޑު ވިލާތަކެކެވެ. 

ފޮޓޯއިން ފެންނަ ގޮތުގައި ސިގްމާ އޮރިއޯނިސް ނަމަކަށް ކިޔާ ވަރަށް އަލިގަދަ ތަރިއެއްގެ ޔޫވީ ރޭޑިއޭޝަންގެ ސަބަބުން އިކުއިން ކަހަލަ ސިފަތަކުގެ ފަހަތުގައި ވާ ވިލާތައް ކުޑަކޮށް އުޖާލާވެގެން ދެއެވެ. ހަމައެއާއިއެކު، އަސްވާރުގެ ގަދަ ވިލާތަކުން، ސީދާ އޭގެ ފަހަތުން އަލިކަން ހުއްޓެވެ. 

ހިޑެން ގެލެކްސީ

އައިސީ 342 ނުވަތަ ކަލްޑްވެލް 5 ގެ ނަމުން ވެސް މަޝްހޫރު "ހިޑެން ގެލެކްސީ" އަކީ ގާތްގަނޑަކަށް 11 މިލިއަން އަލި އަހަރު ދުރުގައި ހުންނަ ސްޕައިރަލް ގެލެކްސީއެކެވެ. 

ޑްވާފް ގެލެކްސީ 

ހަތަރު ވަނަ ޝޮޓުން ފެންނަނީ ގާތްގަނޑަކަށް 1.6 މިލިއަން އަލި އަހަރު ދުރުގައި ވާ ޑްވާފް ގެލެކްސީއެކެވެ. ސެޖިޓޭރިއަސް ކޮންސްޓަލޭޝަންގައި ހުރުމުން އެއީ މިލްކީވޭގެ އެންމެ ގާތް އެއް އަވަށްޓެރިޔާއެވެ. 

އެންޖީސީ 6822 ގެ ނަމުން ނަން ދީފައިވާ މި ގެލެކްސީއަކީ 1884 ވަނަ އަހަރު ފެނުނު އަދި ގާތްގަނޑަކަށް 7،000 އަލި އަހަރުގެ ދިގު މިނުގައި ހުރި ތަނެކެވެ. 

ޑްވާފް ގެލެކްސީތަކަކީ މަދު ބިލިއަން ތަރިތަކެއްގެ މައްޗަށް އެކުލެވިގެންވާ ކުދި ގެލެކްސީތަކަކަށް ވާއިރު، އެންޖީސީ 6822 އަކީ ވެސް އޭގެ ސިފައިގެ ސަބަބުން "ރެގިއުލަރަލް"ގެ ގޮތުގައި ސިފަކުރެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok