މިފްކޯގެ މަސްކިރާ ކެޕޭސިޓީ އިތުރުކުރުމަށް މި އަހަރު ގެންނަ ދެ ވަނަ ބޯޓު ރާއްޖެއަށް ދަތުރު ފަށައިފި، އިތުރު ދެ ބޯޓު ގެންނާނެ!

Follow @loamaaOnline
--

މިފްކޯއިން ގެންނަ މަސް ކިރާ ބޯޓު--- ފޮޓޯ: މިފްކޯ


މިފްކޯގެ ފްލީޓަށް މި އަހަރު އިތުރުކުރާ މަސްކިރާ ބޯޓުތަކުގެ ތެރެއިން ދެވަނަ ބޯޓު، ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ، 

މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފްލީޓަށް މި އަހަރު އިތުރުކުރާ ހަތަރު ބޯޓުގެ ތެރެއިން ދެ ވަނަ ބޯޓު "ޖަޒީރާ 106" ތައިލެންޑުން ރާއްޖެއަށް އައުމަށް ތައިލެންޑުން މިދިޔަ ހޮނިހިރު ދުވަހު ދަތުރު ފަށާފައިވާ ކަމަށެވެ. އެ ބޯޓުގެ އިތުރުން، އިތުރު ދެ ބޯޓުކަމަށްވާ "ޖަޒީރާ 104" އަދި "ޖަޒީރާ 105" މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށްވެސް ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި "ޖަޒީރާ ސީރީސް"ގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިޒް ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.

މި ތިން ބޯޓުގެ ސަބަބުން ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން މިފްކޯއަށް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހަލެއް ހޯދުމުގެ ގޮތުން މިފްކޯއިން މި އަހަރު ހަތަރު ބޯޓު ގަނެފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 103" ވަނީ މިދިޔަ މާޗު މަގުގެ 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok