ފެނަކައިގެ ދަރަނި 4.4 ބިލިއަން ރުފިޔާއަށް، 1،149 ސަޕްލަޔަރުންނަށް 3.2 ބިލިއަން ރުފިޔާ ދޭން ޖެހޭ!

Follow @loamaaOnline
--

ފެނަކަ އެމްޑީ އަހުމަދު ސައީދު-- ފޮޓޯ: ޕީއެސްއެމް


ފެނަކަ ކޯޕަރޭޝަންގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 4 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ މަސައްކަތްތައް ބަލައި އެކުލަވާލާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، މ. ދިމްޔާތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ،  އަހަރު ނިމުމުން މާލީ ހިސާބުތައް އޮޑިޓުކޮށް ހަދަން ޖެހޭ ރިޕޯޓު ވެސް އެ ކުންފުނިން ހަދާފައި ނުވާ ކަމަށާއި ކުންފުނީގެ ބަޖެޓު ވެސް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކުންފުނި ހިންގާ ގޮތަށް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، ފެނަކައިގެ މި އަހަރުގެ މާލީ ހިސާބުތައް ހިއްސާކޮށްފައިނުވާ ކަމަށާއި  އެ ކުންފުނީގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ފިރުޒުލް ހިއްސާކުރެއްވި މައުލޫމާތުތައް:

  • މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނި 4.1 ބިލިއަނަަށް އަރާ
  • އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ
  • 1،149 ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ
  • ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، ނުދައްކާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 958 މިލިއަން ރުފިޔާ ހިމެނޭ
  • ކުންފުނިން ނަގާފައިވާ ލޯނުގެ އަދަދު 901 މިލިއަނަށް އަރާ

ފިރުޒުލް އިތުރަށް ވިދާޅުވީ މިދިޔަ އަހަރަށް ފެނަކައިގެ ބަޖެޓު ފާސްކުރި އިރު، ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް ނުވަތަ ދަރަނި ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ،

ފެނަކައިގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، އެ ކުންފުނިން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ 2،300 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok