އަލިބެގެ ހަށިގަނޑު މޫދުން ނެގީވެސް ދަރިފުޅު، ލޯންޗުގައި ތިބި މީހުން އަޅައެއްނުލި!

Follow @loamaaOnline
--

--


ގއ. ގެމަނަފުށީ ފަޅުގައި، ލަނޑާ ހިފަން އުޅެނިކޮށް، އެ ރަށު ބަނދަރަށް ވަން ލޯންޗެއްގައި ޖެހި، އެ އަތޮޅު ކަނޑުހުޅުދޫ، ބްލޫޑައިމަންޑް، އަލީ ލުތުފީ (އަލިބެ) 45އ ރޭ ވަނީ ނިޔާވެފައެވެ.

ފުލުހުން ރޭ ބުނި ގޮތުގައި ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގެމަނަފުށްޓަށް ވަންނަން އައި ލޯންޗެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 45 އަަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އަލިބެގެ އާއިލާގެ މީހަކު ބުނި ގޮތުގައި، އެ އެކްސިޑެންޓު ހިނގީ، ދޯންޏެއްގައި އަލިބެ އާއި އޭނާގެ 22 އަހަރުގެ ފިރިހެން ދަރިފުޅާއި 19 އަހަރުގެ މީހަކާއި 30 ވަރަކަށް އަހަރުގެ މީހަކު ލަނޑާ ނަގަން ގޮސް އުޅެފައި، ކާ އެއްޗެއް ގަތުމަށް އަލިބެ އާއި 30 ވަރަކަށް އަހަރުގެ މީހާ ފިޔަވައި ދެން ތިބި ދެ މީހުން ގެމަނަފުއްޓަށް އެރި ވަގުތުއެވެ. އެއީ ރޭ 10:30-11:00 އާ ދެމެދެވެ.

"އެއް މީހަކު ހުރީ ބަނދަރު މަތީގައި. އަލިބެގެ ދަރިފުޅު ދިޔައީ ދަޅަކާއި ކާއެއްޗެއް ގަންނަން. އެއިރު އަލިބެ އޮތީ މޫދުގައި. ދެން ރަށަށް ވަންނަން އުޅުނު ލޯންޗެއްގައި ޖެހި އެކްސިޑެންޓުވީ. އެއިރުވެސް ލޯންޗުގައި ތިބި މީހުން އަޅައެއް ނުލި." އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލިބެގެ ހަށިގަނޑު ފުރަތަމަ ފެނުނީވެސް ލޯންޗުގެ ކުރީކޮޅުގައި ހުރި މީހަކަށެވެ. އޭނާ ހަޅޭލަވައިގަތުމުން ބަނދަރުގައި ހުރި އަލިބެއާއެކު ލަނޑާނަގަން އުޅުނު 19 އަހަރުގެ މީހާ މޫދަށް ފުންމާލި ކަމަށާއި އެއިރު އަލިބެގެ ފިރިހެން ދަރިފުޅަށްވެސް އެ ހަބަރު ލިބިގެން އެ މީހުން ތިބި ލޯންޗުގައި އަލިބެ، އޮތް ހިސާބަށް ދިޔަ ކަމަށް ބުންޏެވެ.

"އަލިބެގެ ދަރިފުޅާއި ދެން މި ބުނާ މީހާ ގޮސް އަލިބެގެ ހަށިގަނޑު މޫދުން ނެގީވެސް. ލޯންޗުގައި އެއިރުވެސް ތިބި މީހުން. އެއީ ރިސޯޓެއްގެ ލޯންޗެއް. ތިން ދިވެހިން އޭގައިވެސް ތިބި" އާއިލާގެ މީހާ ބުންޏެވެ.

އަލިބެގެ ހަށިގަނޑު ވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަޅުލައިފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. ނަމަވެސް މިކަން އާއިލާއިން ޔަގީންކޮށެއް ނުދެއެވެ. 

ގއ. ގެމަނަފުށީ ފަޅުގައި، ލަނޑާ ހިފަން އުޅެނިކޮށް، އެ ރަށު ބަނދަރަށް ވަން ލޯންޗެއްގައި ޖެހި، އެ އަތޮޅު ކަނޑުހުޅުދޫ، ބްލޫޑައިމަންޑް، އަލީ ލުތުފީ (އަލިބެ) 45އ ރޭ ވަނީ ނިޔާވެފައެވެ.

ފުލުހުން ރޭ ބުނި ގޮތުގައި ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގެމަނަފުށްޓަށް ވަންނަން އައި ލޯންޗެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 45 އަަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އަލިބެގެ އާއިލާގެ މީހަކު ބުނި ގޮތުގައި، އެ އެކްސިޑެންޓު ހިނގީ، ދޯންޏެއްގައި އަލިބެ އާއި އޭނާގެ 22 އަހަރުގެ ފިރިހެން ދަރިފުޅާއި އެހެން 19 އަހަރުގެ މީހަކާއި 30 ވަރަކަށް އަހަރުގެ މީހަކު ލަނޑާ ނަގަން ގޮސް އުޅެފައި، ކާ އެއްޗެއް ގަތުމަށް އަލިބެ އާއި 30 ވަރަކަށް އަހަރުގެ މީހާ ފިޔަވައި ދެން ތިބި ދެ މީހުން ގެމަނަފުއްޓަށް އެރި ވަގުތުއެވެ. އެއީ ރޭ 10:30-11:00 އާ ދެމެދެވެ.

"އެއް މީހަކު ހުރީ ބަނދަރު މަތީގައި. އަލިބެގެ ދަރިފުޅު ދިޔައީ ދަޅަކާއި ކާއެއްޗެއް ގަންނަން. އެއިރު އަލިބެ އޮތީ މޫދުގައި. ދެން ރަށަށް ވަންނަން އުޅުނު ލޯންޗެއްގައި ޖެހި އެކްސިޑެންޓުވީ. އެއިރުވެސް ލޯންޗުގައި ތިބި މީހުން އަޅައެއް ނުލި." އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލިބެގެ ހަށިގަނޑު ފުރަތަމަ ފެނުނީވެސް ލޯންޗުގެ ކުރީކޮޅުގައި ހުރި މީހަކަށެވެ. އޭނާ ހަޅޭލަވައިގަތުމުން ބަނދަރުގައި ހުރި އަލިބެއާއެކު ލަނޑާނަގަން އުޅުނު 19 އަހަރުގެ މީހާ މޫދަށް ފުންމާލި ކަމަށާއި އެއިރު އަލިބެގެ ފިރިހެން ދަރިފުޅަށްވެސް އެ ހަބަރު ލިބިގެން އެ މީހުން ތިބި ލޯންޗުގައި އަލިބެ، އޮތް ހިސާބަށް ދިޔަ ކަމަށް ބުންޏެވެ.

"އަލިބެގެ ދަރިފުޅާއި ދެން މި ބުނާ މީހާ ގޮސް އަލިބެގެ ހަށިގަނޑު މޫދުން ނެގީވެސް. ލޯންޗުގައި އެއިރުވެސް ތިބި މީހުން. އެއީ ރިސޯޓެއްގެ ލޯންޗެއް. ތިން ދިވެހިން އޭގައިވެސް ތިބި" އާއިލާގެ މީހާ ބުންޏެވެ.

އަލިބެގެ ހަށިގަނޑު ވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަޅުލައިފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. އެގޮތުން ބަނޑަށާއި ގައިގެ އެކިތަންތަނަށް ޒަހަމްތަކެއް ލިބިފައިވެއެވެ. ނަމަވެސް މިކަން އާއިލާއިން ޔަގީންކޮށެއް ނުދެއެވެ. 

އަލިބެ ނިޔާވިއިރު އޭނާގެ ފަސް ދަރިންނާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok