އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި އަހަރެންގެ ހަތަރު ދަރިން ޝަހީދުކޮށްލައިފި، "މި ވޭން ތަސައްވަރުކުރެވޭތަ؟"

Follow @loamaaOnline
--

--


ޣައްޒާ ސިޓީގައި އޭނާ ހަލާކުވެފައިވާ ގެއެއްގެ ދަށުގައި ވަޅުލާފައިވާ އޭނާގެ ހަތަރު ދަރިންގެ ހަށިތައް ވަޅުލުމަށް ޣައްޒާގެ ޔޫސުފް ޝަރަފް 38އ މަސައްކަތް ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ޔޫސުފްގެ އާއިލާ ދިރިއުޅެމުންދިޔަ ޓަވަރު ވަނީ އެއްކޮށް ސުންނާފަތިކޮށްލައިފައެވެ. އެ ހަމަލާގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާގެ އިތުރުން ހަތަރު ދަރީން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އޭނާގެ އާއިލާގެ ގިނަ ބަޔަކުވެސް ވަނީ ޝަހީދުކޮށްލައިފައެވެ.

ޔޫސުފް ކިޔައިދިން ގޮތުގައި، މިދިޔަ މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ އުޅުނީ އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބަހަން ނިކުމެއެވެ. އަދި ކާބޯތަކެތި ބަހަން އުޅެނިކޮށް އޭނާގެ އާއިލާގެ އެޕާޓްމަންޓް ޓަވަރަށް އިޒްރޭލުން ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ދުވެފައި އެ އިމާރާތާއި ހަމައަށް ދިޔައިރު، އެ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. 

އެ ބޮމުގެ ހަމަލާގައި އިމާރާތް ބިމާ ހަމަވިއިރު، އޭނާގެ  އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ މަލާކް 11، އާއި ޔަސްމިން 6، އަދި ނޫރު 3، އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު 10، މަލިކް ވަނީ ކުނީގެ ދަށުގައި ގެއްލިފަ އެވެ. 

ހަމަލާތައް ކޮންމެވެސް ވަރަކަށް މައިތިރިވުމުން ޔޫސުފް ވަނީ އޭނާގެ ދަރިންގެ ހަށިތައް އިމާރާތުގެ ބެރިތައް ދަށުން ނަގައިފައެވެ. 

"އަހަރެންގެ ވޭން ހީކުރެވިދާނެތަ؟" އަރްސަލް ވޮޝިންޓަން ޕޯސްޓްއަށް ފޯނުން ދިން އިންޓަވިޔުއެއްގައި ބުންޏެވެ. 

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok