ނުވަދިހަ ކުދިންނާއެކު ކަނޑޫ އެކެޑަމީ ފަށައިފި

Follow @loamaaOnline
--

--


ތ. ކަނޑޫދޫގެ ދެ ޖަމިއްޔާއެއް ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު އެކެޑަމީއެއް ފަށައިފިއެވެ. 

"ކަނޑޫ އެކަޑަމީ" ނަން ދީފައިވާ މި އެކަޑަމީ އަކީ ކަނޑޫދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ދެ ޖަމިއްޔާ ކަމަށްވާ "ކަނޑޫ ސްޕޯޓްސް ކްލަބް" އާއި "ޓީމް ކަނޑޫދޫ"ގެ ދަށުން ހިންގާ އެކެޑަމީއެވެ.

އެ އެކެޑެމީ ރަސްމީކޮށް ފަށާފައިވަނީ އިއްޔެ ހަވީރުއެވެ. 

ކަނޑޫ އެކެޑެމީ ފަށާފައިވަނީ 90 އަށް ވުރެ ގިނަ ކުދިންނާއެކުގައި ދެ ކުޅިވަރަކާއެކުގައެވެ. އެއީ ފުޓުބޯޅަ އާއި ހޭންޑް ބޯލްއެވެ. 

ކަނޑޫ އެކެޑެމީ ފަށާފައިވަނީ ތިން އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 7 އަހަރުން ދަށުގެ ދެ ޖިންސުގެ އުމުރުފުރާއި 8-11 އަހަރުގެ ފިރިހެން ކުދިންގެ އުމުރުފުރާއާއި 8 އަހަރުން މަތީގެ އަންހެން ކުދިންގެ އުމުރުފުރާގެ އިތުރުން 12 އަހަރުން މަތީގެ ފިރިހެން ކުދިންގެ އުމުރު ފުރާއެވެ.

ކަނޑޫ އެކެޑެމީގައި ބައިވެރިވުމަށް ކޮންމެ ކުއްޖެއްގެ އަތުން މަހެއްގެ މައްޗަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ. އަދި ގިނަ ކުދިން ތިބޭނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 100 ރުފިޔާ ނަގާނެއެވެ.

ކަނޑޫ އެކެޑެމީ ފަށާފައިވަނީ  އަހުމަދު ނާޝިދު (ނާދު) ކޯޗާއި އަހުމަދު ޖައިލަމް ކޯޗާއެކުގައެވެ. އެ ދެ ކޯޗުންނަކީވެސް ފުރަަތަމަ ޑިވިޝަނުގެ ކްލަބުތަކުގައި ހަރަކާތްތެރިވެފައިވާ ކޯޗުންނެވެ. 

ކަނޑޫ އެކެޑަމީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7573761 އަށް ގުޅުމަށް އެ އެކެޑަމީން އެދެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok