ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އިޒްރޭލަށް ތާއީދުކުރުމުން ގިނަ ބައެއްގެ ނުރުހުން!

Follow @loamaaOnline
Dr Shaheed in Conference

--


ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ.ގެ "ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް" ޑރ. އަހުމަދު ޝަހީދު އިޒްރޭލަށް ތާއީދުކޮށް ދެއްކި ވާހަކަ ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެއްޖެއެވެ.

އޭނާ މިހެން ބުނާ ވީޑިއޯއެއް އާއްމުކޮށްފައިވަނީ ޓުވިޓާގައެވެ. 

ޓުވިޓާގައި އާއްމު ކުރި އެ ވީޑިއޯގައި އޭނާ އިޒްރޭލަށް ތާއިދު ކުރާތީ ޝުކުރު އަދާކޮށްފައި ވެއެވެ. އެ ވީޑިއޯ މިހާރު ޑިލީޓްކޮށްލާފައި ވީނަމަވެސް ބައެއް މީސްމީޑިއާ ޕްލެޓްފޯމުތަކުގައި އެ ވީޑިއޯ ދަނީ ދައުރުކުރަމުންނެވެ. 

އެ ވީޑިއޯގައި ޑރ. ޝަހީދު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މިވީ ހަ ވަރަކަށް އަހަރު އޭނާ މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެފައެެވެ. 

އޭނާ ވަނީ، އިޒްރޭލުގެ މީހުން  މިހާރު ތަހައްމަލު ކުރަމުންދާ ތަޖުރިބާތައް އިހުސާސް ވެސް ކޮށްލަން ދަތި ކަމަށާއި ހާއްސަކޮށް ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކަށް ބަލާއިރު ހާހަކަށްވުރެ ގިނަ ކަމަށް ވިދާޅުވެ އެއީ  ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ،

މީގެ އިތުރުން އޭނާ ވަނީ، ހަމާސްގެ ހަމަލާތައް ދުނިޔޭގެ ވެރިން ކުށްވެރި ކުރި ފަދައިން އޭނާވެސް އެ ހަމަލާތައް ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ، އަދި އެ ހަމަލާތަކަކީ ޔަހޫދީންނާ ދެކޮޅަށް އޮތް ވަރުގަދަ ނަފުރަތާއި ތަފާތުކުރުންތަކުގެ ސަބަބުން ދޭ ހަމަލާތަކެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީދުގެ އެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok