މާލޭ ދެކުނު ފަރާތު ނެރާ ދިމާލަށް ހޮނުއަޅާ މަންޒަރެއް އާއްމުވެއްޖެއެވެ.
ފޭސްބުކްގައި ޖަލީލް ނަމަށް ކިޔާ މީހަކު މީގެ ތިން ގަޑިއެއްހާއިރުކުރިން އާއްމުކުރި ފޮޓޯއަކާއި ވީޑިއޯއަކުން ފެންނަ ގޮތުގައި މާލޭ ދެކުނު ފަރާތު ނެރުން ނުކުމެގެން ދިޔަ ލޯންޗެއް ކައިރިއަށް ވަނީ ހޮނު އަޅާފައެވެ.
ނަމަވެސް ހޮޅުއަޅާފައިވަނީ ލޯންޗަށް ވުރެ ކުޑަތަންކޮޅެއް ދުރަށެވެ.
މިއަދު މާލެއަށް ވިއްސާރަކުރަމުންދާއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށްވެސް މޫސުން ގޯހެވެ.