ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

Follow @loamaaOnline
--

--


ޅ. ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. 

ގެއްލިގެން ހޯދަމުންދަނީ، ޅ. ނައިފަރު / ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި،  ހަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައިވަނީ 28 ވަނަ ދުވަހުގެ ހަވީރު ނައިފަރުން ކަމަށެވެ. އެއިރު އެ ކުއްޖާ ލައިގެން ހުރީ، މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރުން އެދޭ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok