މަދަދު އެއާޕޯޓު ފެރީ ރޫޓް ބަދަލުވަނީ - ހިރިލަންދޫ ކައުންސިލް

Follow @loamaaOnline
Hirilandhoo aerial

ފޮޓޯ: އައިސްލެސް.ގޮވް.އެމްވީ


އޯގަސްޓު 17 އިން މަދަދު އެއާޕޯޓު ފެރީގެ ރޫޓް ބަދަލުވާނެ ކަމަށް ހިރިލަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. 

މަދަދު އެއާޕޯޓު ފެރީއަކީ ތ. ހިރިލަންދޫ އިން މާލެއަށް މަތިން ދަތުރުކުރައްވާ ފަރާތްތަކަށް އެއާޕޯޓަށް ދަތުރުކުރުމަށް ލުއި ގޮތެއް ހޯދައިދިނުމަށްޓަކައި ހިރިލަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ފެރީއެކެވެ. މި ފެރީ މިހާތަނަށް ތިމަރަފުށީ އެއާޕޯޓަށް އޮޕަރޭޓު ކޮށްފައި ވީނަމަވެސް ތަފާތު ސަބަބުތަކާހުރެ ފެރީ ކުޑަހުވަދޫއަށް ބަދަލު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ކައުންސިލުން ބުނީ މިގޮތަށް ބަދަލުކުރުމުގެ މައިގަނޑު މަގުސަދަކީ އިތުރު ބޭނުންތަކަށް ކުޑަހުވަދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމާއެކު، ތ. ވަންދޫ އަދި ކަނޑޫދޫ ގެ ފަރާތްތަކަށް ވެސް މި ފެރީގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މި ބަދަލާއެކު ބޭސްފަރުވާ އަށާއި ވިޔަފާރި، އަދި އެހެނިހެން ބޭނުންތަކަށް ކުޑަހުވަދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެއެވެ.

މަދަދު އެއާޕޯޓު ފެރީ ޝެޑިއުލް: ހިރިލަންދޫ ކައުންސިލް


ފެރީ ދަތުރު އޮންނާނީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ. ލޯންޗު ހިރިލަންދޫ އިން ފުރާނީ ހެނދުނު 9:00 ގައެވެ. އަދި ކުޑަހުވަދޫއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 16:00 ގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok