އާދިއްތަވެސް ބަންދު، ސަރުކާރު މުވައްޒަފުންނަށް ފަސް ދުވަހުގެ ބަންދެއް!

Follow @loamaaOnline
---

ވެލާނާގެއަށް އަންހެނަކު ވަންނަނީ--- ފޮޓޯ: ވަގުތު


އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށްވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދުމުން ކަމަށެވެ.

އިއްޔެ އާއި މިއަދުވެސް ސަރުކާރު ބަންދެވެ. އިއްޔެ ސަރުކާރު ބަންދުކުރީ ކީރިތި ރަސޫލާގެ އީދުމީލާދު ދުވަސް ކަމަށްވުުމުންނެވެ. މިއަދު ބަންދުކުރީ ރައީސް އެގޮތަށް ހަމަޖެއްސެވުމުންނެވެ.  އަންނަ ހަފުތާގެ އާދިއްތަވެސް ބަންދު ކުރުމުން ސަރުކާރު މުވައްޒަފުނަށް ބަންދުގެ ގޮތުގައި ފަސް ދުވަސް ލިބޭނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބެނީ 408 މީހަކަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok