ކަނޑޫދޫއާއި ވަންދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި، ޖުމްލަ އަގަކީ 21 މިލިއަން ރުފިޔާ

Follow @loamaaOnline
--

ކަނޑޫދޫގައި އަޅާ މިސްކިތުގެ ކުރެހުމެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ތ. ކަނޑޫދޫ އާއި އެއަތޮޅު ވަންދޫގައި ދެ މިސްކިތް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ކަނޑޫދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އެ މިސްކިތް އެ ކުންފުންޏާ ހަވާލުކުރީ 11.2 މިލިއަން ރުފިޔާއަށެވެ. ވަންދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 9.7 މިލިއަން ރުފިޔާ އަށެވެ.

މި ދެ މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަސް ތެރޭގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އާއި މިމްސް ކޮންސްޓްރަކްޝަނާއި އެލްއެފް ކޮންސްޓްރަކްޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނޑޫދޫގައި މިހާރު ހުންނަނީ ފަސް މިސްކިތެވެ. ވަންދޫގައި ހުންނަނީ ތިން މިސްކިތެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok