ބުރުނި، އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް އަލަށް ދަތުރުކުރަން ފަށާފައިވާ ހިރިވޭވް ގެ ދަތުރުތަކާއެކު ތ. އަތޮޅަށް ދަތުރު ކުރުމަށް އިތުރު ފަސޭހަ ތަކެއް ލިބިއްޖެއެވެ.
ހިރިވޭވްގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ހިރިވޭވަކީ ދިގުދަތުރުތައް ފަސޭހަ ކަމާއެކު ކުރެވޭ ގޮތަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުމާކޮށް ބަނދެފައިވާ ލޯންޗެކެވެ. ލޯންޗުގެ ގޮނޑިތައް ފަސޭހަވެފައި ލެގްރޫމް އިތުރުވުމަކީ ގަދަ ދަތުރުތަކުގައި، އަދި ކުދިން ގޮވައިގެން ދަތުރުކުރައްވާ ބޭފުޅުންނަން ނުހަނު ފަސޭހަ ވާނެ ކަމެއް ކަމުގައި ހިރިވޭވުން ބުންޏެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ، ތ. އަތޮޅާ މާލެ އާ ދެމެދު މި ކުރާ ދިގު ދަތުރަކީ މެމަރެބަލް ދަތުރަކަށް ހެދުން. ޒަރޫރީ ބޭނުންތަކުގައި، އާއިލާއާ ބައްދަލުކޮށްލަން ނުވަތަ ޗުއްޓީ ހެދަކޮށްލަން ކުރާ ދަތުރަކީ ހިތްހަމަޖެހިލައިގެން ފަސޭހަކަމާއެކު ކުރެވޭ ދަތުރަކަށް ހެދުން" – ހިރިވޭވް
ދަރުތުކުރާނީ ކޮން ރައްތަކަކަށް، އަދި ކޮން ދުވަސްތަކަކު؟
ހިރިވޭވްގެ ދަތުރުތައް ކުރާނީ އޮމަދޫ، ކިނބިދޫ، ހިރިލަންދޫ، ވަންދޫ، ކަނޑުދޫގެ އިތުރުން ބުރުނި އަދި މާލެއާ ދެމެދުއެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރެއްގައެވެ.
އަދި މިއޮތީ އެއްމެ ޙާއްސަ ކަން.
ހިރިވޭވްގެ އެއްމެ ހާއްސަ ކަމަކީ ޓިކެޓް ނަގަން ފަސޭހަ ވުމެވެ. ހިރިވޭވުން ބުނިގޮތުގައި ޓިކެޓް ނެގުމަކީވެސް ހިރިވޭވުން ދެކޭގޮތުގައި ދަތުރުގެ ތަޖުރިބާގެ ބައެކެވެ. އެހެންކަމުން ހިރިވޭވުން ވަނީ ދަތުރުގެ އެހެން ކަންކަމެކޭ އެއްގޮތަށް މިކަމަށްވެސް ވަރަށްބޮޑު ލުޔެއް ހޯދައިދީފައެވެ.
ދެން ގުޅާކަށް ނުޖެހޭނެ
ޖާގަ ލިބޭތޯ ނުވަތަ ޓިކެޓް ބައްލަވައިގަންނަވަން ދެން ގުޅާކަށް ނުޖެހޭނެއެވެ. ހިރިވޭވުން ވަނީ އިތުރު މީހަކަށް ނުގުޅައި ހިރިވޭވް އެޕް މެދުވެރިކޮށް އޮންލައިންކޮށް ކޮންމެ ވަގުތަކުވެސް ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީވެސް ކަސްޓަމަރުންގެ ދަތުރު އެކްސްޕީރިއަންސް ފުރިހަމަކޮށްދިނުމަށް ހިރިވޭވްގެ އިސްނެގުމެކެވެ.
Hiriwave App > www.hiriwave.com
ޓިކެޓް ނަގާލަން ހަމަ އެއްމެ 2 މިނެޓް
ހިރިވޭވް އެޕް ފަރުމާ ކޮށްފައިވަނީ ކަސްޓަމަރުންނާ ރައްޓެހިކޮށް ކޮންމެ ބޭފުޅަކަށްވެސް ފަސޭހަކަމާއެކު ބޭނުން ކޮށްލެވޭ ގޮތަށެވެ. ހިރިވޭވުން ބުނި ގޮތުގައި ހިރިވޭވް އެޕް މެދުވެރިކޮށް ޓިކެޓް ހަމަ އެއްމެ 2 މިނެޓް ތެރޭގައި ބުކް ކޮށްލެވޭނެއެވެ. މިއީ ގައިމުންވެސް ދަތުރުކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ ވަރައް ބޮޑު ފަސޭހައެކެވެ.
ބޭނުން ސީޓެއް ނެގޭނެ
އެޕް ފަރުމާކޮށްފައިވަނީ ޓިކެޓް ނަގާއިރު އިންނަން ބޭނުންވާ ސީޓު ވެސް ބުކް ކޮށްލެވޭގޮތަށެވެ. މީގެ ސަބަބުން ކުރިޔާލައި ހިތްހަމަޖެހޭ ސީޓެއް ނަގައިގެން ދަތުރުކުރެވޭނެ ގޮތް ހިރިވޭވުން ވަނީ ފަހިކޮށްދީފައެވެ.
އަދިވެސް އިތުރު ކަންކަން
މީގެ އިތުރުންވެސް މި އެޕްއިން ތަފާތު ޑިސްކައުންޓްތަކާއި ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށް ގެންދާނެއެވެ. އަދި މި ކަންކަމުގެ އަދާ ހަމަ ހިރިވޭވްގެ ފޭސްބުކް އަދި ވައިބަރ ކޮމިއުނިޓީން ލިބިލައްވާނއެވެ.
އެއް ފެރީއެއް، އެއް ބައެއް
ތ. އަތޮޅުގެ ރައްތަކަށް ހާއްސަ ލޯތްބެއް އޮތް ހިރިވޭވް، އަދި ހެޑްސީސް ޓީމުން ތ. އަތޮޅުގެ ހުރިހާ ރައްތަކާމެދުވެސް ދެކެނީ މިއީ އެއް ބައެއްގެ ގޮތުގައެވެ. އަދި ހިރިވޭވްގެ ފަރާތުން ބުނި ގޮތުގައި، ތ. އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ލިބުމަކީ އެ ޓީމުން ނުހަނު އުފާ ކުރާ ކަމެކެވެ. އަދި އަމާޒަކީ ދަތުރުކުރައްވާ އެންމެ ބޭފުޅުންނަށް ހިތްހަމަޖެހޭ ފުރިހަމަ އެކްސްޕީރިއަންސް އެއް ދިނުމެވެ.
ހިރިވޭވް ގެ ހިދުމަޓާމެދު އެއްވެސް ހިޔާލެއް ނުވަތަ ހިއްސާކޮށްލަން ބޭނުންވާ ކަމެއް އޮތްނަމަ 9974666 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިޔުމަށް ހިރިވޭވުން އެދެއެވެ.
ހިރިވޭވެގް ވައިބާ ކޮމިއުނިޓީ - ޖޮއިން ކޮށްލުމަށް
ހިރިވޭވްގެ ފޭސްބުކް ޕޭޖް - ލައިކް ކޮށްލުމަށް
ހިރިވޭވް އެޕް - ޓިކެޓް ނެންގެވުމަށް